ads
ރޮނާލްޑޯގެ ޕެނަލްޓީ ސްލޮވީނިއާ ކީޕަރު ސޭވް ކުރަނީ
ރޮނާލްޑޯގެ ޑްރާމާއާއެކު ޕޯޗުގަލް ކުއާޓާ ފައިނަލަށް
ޕެނަލްޓީ ޖަހައިގެން ސްލޮވީނިއާ ބަލިކޮށް ޔޫރޯގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ޖާގަ ހޯދައިފިއެވެ.

ޕޯޗުގަލް ކުއާޓާއަށް ދިޔައީ ރައުންޑް އޮފް ސިކްސްޓީންގައި ސްލޮވީނިއާ އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ. ޕެނަލްޓީ ޝޫޓައުޓްގައި، ޕޯޗުގަލްގެ ގޯލްކީޕަރު، ޑިއޯގޯ ކޮސްޓާވަނީ އާދަޔާ ހިލާފު މޮޅު ކުޅުމެއް ކުޅެ، ތިން ޕެނަލްޓީ ސޭވްކޮށްފައެވެ.

ޕެނަލްޓީއަށް ދިޔުމުގެ ކުރިން، މެޗު އެއްވަރުވެ ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްއަށް ލިބުނު ޕެނަލްޓީއެއް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލުމުން ސްލޮވީނިއާގެ ކީޕަރު އޮބްލަކް ވަނީ މަތަކޮށްފަ އެވެ.މި ޕެނަލްޓީ ކާމިޔާބު ނުވުމުން ރޮނާލްޑޯ ވަރަށް ރުއެވެ. އެހެންނަމަވެސް ޕެނަލްޓީ ޝޫޓްއައުޓްގައި ރޮނާލްޑޯވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ.

ޕޯޗުގަލް ގަދަ 16 ގައި ކުޅޭނީ ފްރާންސާ ދެކޮޅަށެވެ. ޕޯޗުގަލް އިން 2016 ވަނަ އަހަރު ޔޫރޯ ކާމިޔާބުކުރީ ފްރާންސް ބަލިކޮށްފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް