ads
2 ދައުރު ކަނޑައަޅަންވެސް މުސާރަ ކުޑަކުރަންވެސް ދެކޮޅު: ގާސިމް
ރައްޔިތުން މަޖީހުގެ މެމްބަރަކަން އެކަކަށްް ކުރެވޭނީ ގިނަވެގެން ދެ ދައުރުކަނޑައެޅުމާއި މިހާރު ދޭ މުސާރައާއި އިނާޔަތްތައް ކުޑަކުރަންވެސް ދެކޮޅުކަމަށް މާމިގިލީ ދާއިރާގެ މެމްްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
Advertisement

ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކޮންމެ 5 އަހަރަކުން އިތުރުވަމުންދާ ދިއުމާމެދު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތެއް ދެނެގަތުމަށްޓަކައި ހުށައެޅި ޤަރާރުގެ ބަހުސް ގައި ވާހަކަ ދައްކަވަމުންނެވެ. މި ގަރާރު މަޖިލީހަށް ހުށައެޅުއްވީ ބާރަށޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. 

މި ގަރާރުގެ ބަހުސްކުރައްވަމުން ގާސިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ދައުރު ލިމިޓްކުރުމަށާއި މުސާރައާއި އިނާޔަޔްތައް ކުޑަކުރަން ދެކޮޅުކަމަށެވެ. ގާސިމް ވިދާޅުވީ މަޖިލިހަށް ހޮވިވަޑައިގެން މާލެއަށް އަންނަ މެމްބަރުންނަށް މިހާރު މަޖިލީހުން ކަނޑައަޅާފައި ލިވިން އެލަވަންސުން ނުފުދޭކަން އެނގޭކަމަށެވެ. އަދި މަޖިލީހުގެ މެމްބަރުން ފަސް އަހަރު ހަ އަހަރު ކުރިޔަސް ދައުރު އެއްވެސް ތަނެއްގައި ލިމިޓްކޮށްފައި އޮތްވާ ނުދެކޭކަމަށެވެ. 

" ރައްޔިތުން މަޖިލިސް މެމްބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގުގޮތުގައި އަތަށް ލާރިއެއް ލިބޭނެ ގޮތެއް އޮތް ބައެއް ނޫން. ދައުލަތުގެ ހުރިހާ މަސައްކްތަކެއް ކުރާ ވުޒާރާތަކާއި އަދި އެނޫންވެސް އެހެން ކުންފުނިތަކާއި ތަންތަނުގެ ވެރިންނާއި މުވައްޒަފުން ލިބޭ ފަދައިން ފައިސާ އަތުގަ ޖެހޭ ބައެއް ނޫން ރައްޔިތުން މަޖިލީހުގެ އިއްޒަތެރި މެމްބަރުންގެ ގިތުގައި ތިއްބެވި ބޭފުޅުންނަކީ." ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައަޅާއިރު ދާއިރާގެ އާބާދީގެ އަދަދަށް ކަނޑަނާޅާ ވަކި އަދަދަކަށް ދާއިރާ ކަނޑައަޅާ މެމްބަރުންގެ އަދަދެއް ކަނޑައެޅުން މުހިއްމުކަމަށެވެ. 

ގާސިމް ވަނީ އާސަންދަ ފަދަ އިނާޔަޔްތައް ހައްގުވާ މީހުންނަށް އެކަނި ދޭން ވާހަކަ ދައްކާތީ އެކަމާއި ދެކޮޅަށް ނުރުހުން ފާޅުކޮށްފައެވެ. ގާސިމް ވިދާޅުވީ ދައުލަތަށް އެންމެ ގިނައިން ޓެކްސް ދައްކާ މީހާއަށް ދައުލަތުން ދޭ އިނާޔާތްތައް ހައްގުނުވޭތޯ ސުވާލު އުފައްދަވާފައެވެ. 

" އާސަންދަ ހައްގުވާ މީހުންނަށް ދޭންވީއޭ މި ކިޔަނީ އެއީ ކޮން ވާހަކައެއްތޯ. ކޮބައިތޯ ހައްގު ނުވާ މީހަކީ. ކޮބައިތޯ ހައްގުވާ މީހަކީ. އެންމެ ގިނައި ސަރުކާރަށް ޓެކްސް ދައްކާ މީހާތޯ ހައްގު ނުވަނީ ދައުލަތުން ދޭ އެހީތެރިކަމާއި އިނާޔަތެއް ލިބެން. މީ ސުވާލަކީ." ގާސިމް ސުވާލުކުރެއްވިއެވެ.

 

ގާސިމްގެ އިތުރުން މިއަދު މަޖލީހުގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުންތަކެއް ވަނީ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކަމަށް ވަކާލާތުކޮށްފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް