ads
ހީނާ ކެންސަރަށް ފަރުވާ ހޯދަނީ. އިއްޔެ ވަނީ ކީމޯ ނަގަން ފަށާފައި
ހީނާ ކީމޯތެރެފީ ނަގަން ފަށައިފި
އިންޑިއާގެ މަޝްހޫރު ޓީވީ ބަތަލާ ހީނާ ހާނަށް އުރަމަތީގެ ކެންސަރު ޖެހިގެން ފަރުވާ ކީމޯތެރަޕީ
Advertisement

އުރަމަތީގެ ކެންސަރު ޖެހިފައިވާ އިންޑިއާގެ ބަތަލާ ހީނާ ޚާން ބައްޔާ ގުޅިގެން ކީމޯތެރަޕީ ފަރުވާ ނަގަން ފަށައިފިއެވެ.

ހީނާ ބުނީ އޭނާ ކީމޯ ނަގަން ފެށިީ ހޯމަދުވަހު ކަމަށެވެ. އަދި އޭނާ އަށް މި ބަލީގައި ކުރެވޭ ތަޖުރިބާ އެހެން މީހުންނަށް ލިބޭ ހިތްވަރަކަށް ހަދަން ބޭނުންވާކަމަށް ހީނާ ބުނެއެވެ. އަދި ބަލިން ފަސޭހަ ބެލުންތެރިންގެ ކުރިމައްޗަށް އަދި އަންނާނެކަމަށްވެސް ހިނާ ބުންޏެވެ. 

އުމުރުން 36 އަހަހުގެ ހީނާ ކެންސަރަށްް ފަރުވާ ހޯދަން ފެށިކަން އޭނާގެ ފޭނުންނަށް އެންގީ މިދިޔަ ހުކުރު ދުވަހުއެވެ. 

ހީނާ ބުނީ އޭނާއަށް ވަނީ ސްޓޭޖް ތިނެއްގެ ބްރެސްޓް ކެންސަރު ޖެހިފައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި ބުނީ އޭނާގެ ބައްޔަށް މިހާރު ވަނީ ފަރުވާ ހޯދަން ފަށާފައިވާ ކަމަށާއި މިކަން ނިމޭއިރު އޭނާ ކުރިއަށް ވުރެ ވެސް ހިތްވަރު ގަދަ ވާނެ ކަމަށެވެ. 

ދެ ފަހަރެއްގެ މަތިން އުމްރާގެ އަޅުކަން ވެސް އަދާކޮށްފައިވާ ހީނާ އަކީ އިންޑިއާގެ މިހާރުގެ ޓީވީ ތަރިންގެ އެންމެ މަޝްހޫރު އެއް ބަތަލާ އެވެ. އޭނަ އާންމުންގެ ތެރޭގައި މަޝްހޫރުވެގެން ދިޔައީ ސްޓާ ޕްލަސް އިން ގެނެސްދޭ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި ކުރިން ކުޅުނު އަކްޝަރާގެ ރޯލުންނެވެ. 

މީގެ އިތުރުން ވެބް ސީރީޒެއް ކަމަށްވާ "ޑެމޭޖްޑް 2"ގެ ދެވަނަ ސީޒަންގެ ރޯލެއްގައި ވެސް އޭނާ ފެނެއެވެ. ހީނާ ވަނީ "ނާގިން" އާއި "ކަސޯޓީ ޒިންދަގީ ކީ" ސީޒަން ދޭއްގައި ވެސް މަސައްކަތްކޮށްފަ އެވެ. 

އޭނަގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ 2020 ގައި ޑައިރެކްޓަރު ވިކްރަމް ބަޓް ގެނެސްދިން ސައިކޮލޮޖިކަލް ތުރިލާ "ހެކްޑް" އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް