އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ ވިދާޅުވީ، އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް ދިނުން ވަގުތީ ގޮތުން މަޑު ޖައްސާލާފައިވާ ކަމަށެވެ.
އެ ހޮސްޕިޓަލުން އާސަންދަ ހިދުމަތް މެދުކަނޑާލީ ހިދުމަތް ހޯދަާ މީހުންގެ އަތުން އިތުރަށް ފައިސާ ނަގަމުންދާ ކަމުގެ ޝަކުވާއާ ގުޅިގެންނެވެ.
މަނިޕާލް ހޮސްޕިޓަލުން އާސަންދަ ނުލިބޭނީ އަލަށް ފަރުވާ ބޭނުންވާ މީހުންނަށެވެ. އަދި ފޮލޯއަޕް ކޭސްތަކަށް ދާ މީހުންނަށް މިހާރު ވެސް އާސަންދަ ލިބޭނެ ކަމަށާއި އެކަމަކި އާ ކޭހަކަށް ނުފޮނުވާނެ ހީނާ ވިދާޅުވި އެވެ.
އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް އެމްޕެނަލްއިވެ ވެފަ އެވެ. އޭގެ ތެރެއިން 49 ހޮސްޕިޓަލަކީ އިންޑިއާގެ ތަންތަނެވެ.