ads
ހުޅުމާލެ ދެވަނަ ފިޔަވަހި
ހުޅުމާލޭ ދެވަނަ ފިޔަވަހިން ފްލެޓް އަޅަން އެޗްޑީސީން ބިން ދޫކުރަނީ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިކްސްޑް ޔޫސް 10 ޓަވަރު އަޅަން، އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތަކަށް 112،288.14 އަކަފޫޓުގެ ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނުން އިއުލާނު ކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނީ ހުޅުމާލޭ ފޭސް ދެވަނަ ފިޔަވަހިން ކުއްޔަށް ދޭ 10 ބިމުގައި ހަދަން ޖެހޭނީ މީހުން ދިރިއުޅޭ ފްލެޓް އިމާރާތްތަކުގެ އިތުރުން ވިޔަފާރި ކުރާ ތަންތަން އަދި ޕާކިން އިމާރާތްތަކެވެ. އަދި އެ ބިންތައް ތަރައްގީ ކުރުމަކީ އެ ބިންތައް ކުއްޔަށް ނަގާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް ބުންޏެވެ.  

އެޗްޑީސީން ބުނީ އެ ޓަވަރުތައް އިމާރާތް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަސައްކަތް ހަވާލު ކުރާނެ ފަރާތެއް ކަނޑައެޅުމުގައި އިސްކަން ދޭނީ ބިން ވިއްކަން ހުށަހަޅާ ރޭޓަށާއި ފައިސާ ދައްކަން ހުށަހަޅާ ގޮތެއްގެ އިތުރުން ހުށަހެޅުން ހުށަހަޅާ ފަރާތުގެ މާލީ ގާބިލު ކަމަށް ކަމަށެެވެ.

އެޗްޑީސީން މިކްސްޑް ޔޫސް ޓަވަރުތައް އަޅަން ކަނޑައަޅައިފައި ވަނީ 14 ބުރި އާއި 15 ބުރި އަދި 20 ބުރި އަށެވެ.

މީގެއިތުރުން، އެއްވެސް ހުށަހެޅުމެއް ގަބޫލުކުރުމުގެ ނުވަތަ ބާތިލުކުރުމުގެ ހައްގާއި، އީއޯއައި ޕްރޮސެސް ބާތިލުކޮށް ހުރިހާ ހުށަހެޅުންތަކެއް ބާތިލުކުރުމުގެ ހައްގު އެޗްޑީސީއަށް ލިބިގެންވާކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެގޮތަށް ބާތިލުކޮށްފިނަމަ އެކަން ހުށަހެޅި ފަރާތްތަކަށް އަންގާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އީއޯއައި ހުށަހަޅާއިރު، އަކަފޫޓަކަށްވާ ފައިސާގެ އަދަދު ދިވެހި ރުފިޔާއިން ބަޔާންކޮށް، ފައިސާ ދެއްކުމުގެ މުއްދަތު ވެސް ބަޔާންކުރަންވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އަދި ހުށަހަޅާ މުއްދަތު ހަ މަސްދުވަހަށްވުރެ އިތުރުވެގެން ނުވާނެ ކަމަށާއި އެއަށްވުރެ ކުރު މުއްދަތެއް ހުށަހަޅާނަމަ ޑިސްކައުންޓް ލިބޭނެކަމަށް ވެސް އެޗްޑީސީއިން ވަނީ ބުނެފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް