ads
ފެމެލީ ކޯޓް: މިދިޔަ މަހު މާލޭގައި 238 ކައިވެނި، 124 ވަރި
މިދިޔަ މަހު މާލޭގައި 238 ކައިވެނި، 124 ވަރި
މިދިޔަ މަހު ފެމިލީ ކޯޓުން 238 ކައިވެނިކޮށް ދިންއިރު 124 މީހަކު ވަރިކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފެމިލީ ކޯޓުން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު މޭ މަހު, ކައިވެނި އަދި ވަރީގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. 

އެގޮތުން އެޕްރިލް މަހު ފެމިލީ ކޯޓުގައި 60 ވަރި ރަޖިސްޓްރީކުރި އިރު، 144 ކައިވެންޏެއް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ. މިދިޔަ މަހު 124 ވަރި ރަޖިސްޓްރީކޮށްފައި ވާއިރު، އެ 238 ކައިވެންޏެއް ވަނީ އަގުދުކޮށްދީފަ އެވެ. 

ދެން އެންމެ ގިނައީ އާއިލީ އެހެނިހެން މައްސަލަތަކާއި ހަރަދުގެ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނާ ގުޅުންހުރި 12 މައްސަލައަކާއި ހަރަދުގެ 14 މައްސަލައަކާއި ގެވެށި އަނިޔާއާ ގުޅޭ 9 މައްސަލައަކާއި އާއިލީ އެހެނިހެން 20 މައްސަލަ އެކެވެ.

ފެމިލީ ކޯޓަކީ ހަމައެކަނި މާލެ ސަރަހައްދުގައި ކައިވެނިކޮށް ދިނުމާއި އާއިލީ މައްސަލަތައް ބަލާ ކޯޓެވެ. ރަށްރަށުގައި ވަރި ކައިވެނީގެ މައްސަލަތައް ބަލާނީ އެރަށެއްގެ ކޯޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް