ads
މިއަދު އަންނަ ހައްޖުވެރިން ރާއްޖެއަށް ފުރުމަށް ޖިއްދާ އެއާޕޯޓްގައި ޗެކިން ކަންކަން ނިންމަނީ
އެންމެ ފަހު ހާޖީން މިއަދު އެނބުރި އަންނާނެ
ރާއްޖެެއިން މިއަހަރު ހައްްޖަށްދިޔަ މީހުންގެ ތެރެއިން މައްކާގައި ތިބި ހުރިހާ ދިވެހި ހާޖީން މިއަދު ރާއްޖެ އަންނާނެ އެވެ.
Advertisement

މިއަދު ރާއްޖެ އަންނާނީ 137 ހާޖީންނެވެ. މި އެންމެން އައުމުން މިއަހަރު ރާއްޖެއިިން ހައްޖަށް ދިޔަ އެންމެން އެނބުރި އައިސް ނިމުނީއެވެ. 

މި ހައްޖުވެރިން ގޮވައިގެން އަންނަ ފްލައިޓް ރާއްޖެ ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މެންދުރު 13:55 ގައެވެ.

މި އަހަރުގެ ހައްޖުގައި ރާއްޖެއިން 1150 ހާޖީން ވަނީ ބައިވެރިވެފައެވެ. އެއީ ރާއްޖެއަށް ލިބޭ ރަސްމީކޯޓާގައި ދިޔަ 1000 މީހުންނާއި ފަހުން ލިބުނު އިތުރު ކޯޓާގައި ދިޔަ 150 މީހުންނެވެ. މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރޭގައި މިސްކީނުންނާއި ފަގީރުންގެ ތެރެއިން، ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދިޔަ 50 މީހުންވެެސް ހިމެނެއެވެ. 

މިއަހަރުގެ ހައްޖުގައި ބައިވެރިވުމަށް ދިޔަ ދިވެހިންގެ ތެރެއިން އެކަކު ވަނީ މައްކާގައި ނިޔާވެފަ އެވެ. އަދި ހައްޖު ނިންމުމަށްފަހު ރާއްޖެ އައިފަހުން އިތުރު ހާޖީއަކު ވަނީ ނިޔާވެފަ އެވެ. 

your imageމިއަހަރުގެ ހައްޖުގައި ބައިވެރިވި ހާޖީއަކު އެންބުރި ރާއްޖެ އައުމަފަހު ވެލާނާ އެއާޕޯޓުން ނުކުންނަނީ 

ހައްޖު ވެރިން އަންނަ ދުވަސްވަތަކީ އާއްމުކޮށް ރޯގާ ފެތުރޭ ދުވަސްވަރަކަށް ވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. 

ހައްޖަށް ފަހު އެނބުރި އަންނަ ހައްޖާޖީންގެ ތެރެއިން ހުމާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުންނަށް ފަސޭހައިން ރައްކާތެރިކަމައި އެކު އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މާލޭ ސަރަހައްދުގައި ވަނީ 3 ފްލޫ ކްލިނިކް ގާއިމުކޮށްފަ އެވެ. 

ހެލްތް މިނިސްޓްރީން ބުނީ ފްްލޫ ކްލިނިކްތައް ހުންނާނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލާއި ހުޅުމާލެ އަދި ވިލިމާލޭގައިކަމަށެވެ. 

ހުމާއި ރޯގާ ފެތުރުން ވީހާވެސް ބޮޑަށް ހުއްޓުވުމަށް ހައްޖުން އެނބުރި އަންނަ  އެއްވެސް ހައްޖާޖީއެއްގެ ފަރާތުން މިފަދަ ބައްޔެއްގެ އަލާމާތްތައް ފެނިއްޖެނަމަ މި ކްލިނިކްތަކުގެ ބޭނުން ހިފުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް