ads
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެެއް. ފޮޓޯ: ޖޭ.ޑަބްލިޔު.އެމް މޯލްޑިވްސް
ޖޫން ނިންމާލީ ދުވާލަކު 4000 ވުރެ ގިނަ ފަތުރުވެރިންނާއެކު
މިދިޔަ ޖޫންމަހު އެވެރްޖުކޮށްް ދުވާލަކު 4000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މިިދިޔަ ޖޫންމަހުގެ 27 ވަނަދުވަހު ވަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައިސްފައެވެ. 

މިއީ ފަތުރުވެރިކަމުގެ 51 އަހަރުގެ ތާރީހުގައި އެންމެ އަވަހަށް އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ. މި އަހަރުގެ ފުރަތަމަ ކުއާޓާއަކީ ރާއްޖޭގެ ތާރީހުގައިވެސް އެއް ކުއާޓާއެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައި ކުއާޓަރެވެ.  

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1،015،515 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ ޖޫންމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 123،281 އެކެވެ. މީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 2918 މީހުންގެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޖޫންމަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރީ 120،363 ފަތުރުވެރިންނެވެ. 

your imageމިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަންވަނަ ފަތުރުވެރިޔާ. އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި. ފޮޓޯ؛ ވިޒިޓް މޯލްޑިވްސް 

އިމިގްރޭޝަން ތަފާސް ހިސާބުތައް ދައްކާގޮތުން ދުވާލެއްގެ މައްޗަށް އެވެރެޖްކޮށް ރާއްޖެއަށްް 4109 ފަތުރުވެރިން ޖޫންމަހު ވަނީ އައިސްފައެވެ. 

މިއަހަރު އެއްދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން އައި ޖޫންމަހުގެ 14 ވަނަދުވަހުއެވެ. އެދުވަހު 5646 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއެވެ. މިހާރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. އެގައުމުން މިއަހަރުގެ މިހާތަނަށް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. 

މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން އައި ގައުމުތަކާއި އަދަދު 

  • ޗައިނާ - 20،036
  • ރަޝިޔާ - 14،865
  • އިންޑިއާ - 10،018 
  • ޔޫކޭ - 8261
  • ޖާމަނީ - 5811

ޓްއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ދާދިފަހުން ވިދާޅުވީ މި އަހަރު ނިންމާނީ ކަނޑައެޅި އަމާޒު ކަމުގައިވާ ދެ މިލިއަން ފަތުރުވެރިންނާ އެކުގައި ކަމުގައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތަށް ބަލާއިރު، މި އަހަރު ނިމޭއިރު 2.1 މިލިއަން ނުވަތަ 2.2 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް