ads
އާސަންދަ
"އައިވީއެފް" ފަރުވާއަށް މިއަހަރު 30 މިލިއަން ރުފިޔާގެ ބަޖެޓެއް
ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ "އައިވީއެފް" ފަރުވާއަށް ހިލޭ އެހީ ދިނުމަށް މިއަހަރު 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާކަމަށް އާސަންދައިން ބުނެފިއެވެ.
Advertisement

ދައުލަތުގެ އެހީގައި މިއަހަރު 100 މީހުންނަށް "އައިވީއެފް" ފަރުވާ ހަމަޖައްސާދޭން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ވަނީ ނިންމާފައެވެ. އަދި އެކަމަށް ކުރިމަތިލުމަށް ހުޅުވާލާ މިހާތަނަށް ޝަރުތު ހަމަވި 37 މީހުން ވަނީ އިއުލާންކޮށްފައެވެ. 

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ "އައިވީއެފް" ފަރުވާ ހަމަޖައްސުމަަށްް މިއަހަރަށް 30 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާކަމަށެވެ. އަދި މި ބަޖެޓް ކަނޑައެޅީ ދާއިރާގެ ތަޖުރިބާކާރުންނާއި މަޝްވަރާކޮށް އެ ފަރާތްތަކުގައި ހިޔާލާ އެކުކަމަށެވެ. އެހެންނަމަވެސް މި ހިދުމަތް މެދުނުކެނޑި ދިނުމަށްް "އައިވީއެފް" އަށް ހާއްސަ ފަންޑެއް ގާއިމުކުރަންޖެހޭކަން ފާހަގަކޮށް އެ މަސައްކަތް ކުރަމުން އަންނަކަން ހިނާ ވަނީ ފާހަގަކުރައްވާފައެވެ.  

އައިވީއެފް ފަރުވާއަށް އާސަންދައިން ހިލޭހޯދަން ބޭނުންވާ މީހުން އެކަމަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 15 މޭގެ ނިޔަލަށް 153 މީހަކު ފޯމް ހުށައެޅިކަމަށް އެންސްޕާއިން ބުނެއެވެ. އަދި އޭގެ ތެރެއިން ކަނޑައެޅިފައިވާ ޝަރުތު ހަމަވި 37 ފަރާތްތަކުން 30 ޖުލައި 2024 ގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެގޮތުގެ ޕްލޭން ހިއްސާކުރުމާ ގުޅޭގޮތުން އެފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދޭނެކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ. 

15 މޭގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅުއްވާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށް އެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް މިމަހުގެ 31 ވަނަދުވަހުގެ 14:00 ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފައިވާކަމަށްވެސް އެންސްޕާއިން ބުނެއެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް