އެމްއައިބީން ބުނީ މިއީ އެ ބޭންކުން ކަސްޓަމަރުންނަށް ދޭ ހިދުމަތް ލިބިގަތުމަށް އިތުރު އާ ގޮތެއް ތައާރަފްކޮށް، ހިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް ފަސޭހަކޮށްދިނުމަށް ތައާރަފްކުރި ހިދުމަތެއްކަމަށެވެ.
މި ކިއޮސްކުތައް ބަހައްޓާފައި ވަނީ އެ ބެންކުގެ މާލެ އަދި ހުޅުމާލެ ސެންޓަރުތަކުގަ އެވެ.
އެމްއައިބީން ބުނީ އެ ބެންކުން މި ހިދުމަތް އަތޮޅުތެރެއަށް ވެސް ތައާރަފްކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކަސްޓަމަރުންނަށް ފަސޭހަކުރުމަށް އެމްއައިބީން ގިނަ ހިދުމަތްތަކެއް ތައާރަފްކޮށްފައިވާއިރު އޭގެތެރެއިން އެއް ހިދުމަތަކީ އެމްއައިބީ އެޕްލައިނައު ހިދުމަތެވެ. މިއީ ރާއްޖޭގައި ކަސްޓަމަރ ސަރވިސް ދިނުމަށް ބޭނުންކުރާ އެންމެ ފުރިހަމަ އެންމެ ބާރުގަދަ އެއް ޕޯޓަލެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ހިދުމަތް ވަގުތުން ލިބެއެވެ.
މިއީ މި ހިދުމަތް ދޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. އެޕްލައި ނައު ޕޯޓަލްގެ އުޖާލާ ނައު ސެކްޝަނުން ބޭންކަށް ނުގޮސް މިހާރު ޝަރިއާ ހުއްދަކުރާ އުސޫލުން މުދާގަނެ އެކި ބޭނުންތަކަށް ފައިސާނެގެ އެވެ. މި ޕޯޓަލްއިން އެމްއައިބީގެ ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެދެވޭނެކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.
މި ޒަމާނީ ބަދަލު ތަކާއެކު އެ ބޭންކުގެ މަގްބޫލުކަން ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ވަރަށް ބޮޑެވެ.