ads
ޓައިވާނުގެ ދަރިވަރު ހޯދި ސެޓްލައިޓް ފޮޓޯ
މެލޭޝިއާ އެއާލައިންސްގެ އެމްއެޗް 370 ގެ ސެޓްލައިޓު ފޮޓޯއެއް ހޯދައިފި
ދެހާސް ސާދަ ވަނަ އަހަރުގެ މާޗު އަށް ވަނަ ދުވަހު މެލޭޝިއާއިން ޗައިނާއަށް ދަތުރުކުރަނިކޮށް ގެއްލުނު މެލޭޝިއާގެ އެއާލައިންސް އެމްއެޗް 370 މަތިންދާ ބޯޓު ގެ ފޮޓޯއެއް، ޓައިވާނުގެ ޔުނިވާ ސިޓީ ދަރިވަރަކު ހޯދައިފިއެވެ.
Advertisement

މި ފޮޓޯ ހޯދާފައިވަނީ، ތަހުގީގުތަކުގައި ބޭނުންކުރާ މެޕް ސާވިސް އެއްގެ އެހީތެރިކަމާއެކުއެވެ. 

"ޓައިވާން ޗައިނާ ޓައިމްސް" އިން ބުނެފައިވަނީ ގެއްލިގެން ހޯދާ ފުލައިޓުގެ ފޮޓޯ ފެނުނު ނަމަވެސް، އަދި އެ ފޮޓޯގެ ސައްކަން ކަމާ ގުޅުންހުރި ތަހުގީގީ އިދާރާތަކަށް ދެނެގަނެވިފައި ނުވާކަމަށެވެ، 

ބޯޓު ގެއްލުނުއިރު ދަތުރުކުރަމުން ދިޔައީ މެލޭޝިއާގެ ކުއާލާލަމްޕޫރުން ޗައިނާއަށެވެ. ފްލައިޓު ގެއްލުނު 227 ޕަސެންޖަރުން ބޯޓުގައި ތިއްބެއެވެ. އޭގެ ތެރެގައި ދެ ތުއްތު ކުދިން ވެސް ހިމެނެއެވެ. އަދި 12 ކުރޫ މެންބަރުންވެސް ހިމެނެއެވެ. 

ޓައިވާނުގެ ދަރިވަރު ހޯދާފައިވާ ސެޓެލައިޓް ފޮޓޯއިން ފެންނަ ގޮތުން ގަސްތަކެއްގެ މަތިން ބޯޓު އުދުހިފައިދާ މަންޒަރު ފެނެއެވެ. 

ޓޮމްނޮޑްގެ ސެޓެލައިޓް ކުންފުނި ޑިޖިޓަލްގްލޯބް އިން ބުނާ ގޮތުގައި އިންޑިއާ ކަނޑުގެ އާ ސަރަހައްދުތައް ހިމެނޭ ގޮތަށް މިހާރު ގާތްގަނޑަކަށް 24،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ހޯދުމުގައި ތިން މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. 

ސިސްޓަމް ވޯސްގެ ކޮމްޕިއުޓަރުތައް ދުވަސްކޮޅަކު އޯވަރލޯޑްވެފައިވާ ކަމަށާއި 250 މިލިއަނަށް ވުރެ ގިނަ މެޕް ވިއުސް އާއި ގާތްގަނޑަކަށް ތިން މިލިއަން ސަރަހައްދު "ޓެގް" ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ގެއްލުނު ބޯޓު ރާއްޖެ މަތިން ފެނުނުކަމަށް ރިޕޯޓު ކުރި: 

އެމްއެޗް 370 ގެއްލުނު ދުވަހު، ދ. ކުޑަހުވަދޫ މަތިން އާދަޔާހިލާފަށް ތިރިން ފްލައިޓެއް ދަތުރު ކުރި ކަމަށް އެ ރަށު މީހުން ބުނެއެވެ. ނަމަވެސް ބުނެ، ވާހަކަ ދެކެވުނަސް އެ ފްލައިޓް ރާއްޖެއާ ހިސާބަށް ނުފޯރާނެ ކަމަށް ތަހުގީގު ކުރާ ފަރާތްތަކުން ނިންމާފައިވެއެވެ. 

ދެހާސް ފަނަރަ ވަނަ އަހަރު މާލެ އަތޮޅުގެ ރިސޯޓެއް ކަމަށްވާ ވައްބިންފަރުން ވެސް ފްލައިޓެއްގެ އެއްޗިހިތަކެއް ކަމަށް ބެލެވޭ އެއްޗެއް ލައްގާފައި ވަނިކޮށް ވަނީ ފެނިފަ އެވެ. އަދި ބ އަތޮޅުގެ ދެ ރަށަކާއި ނ އަތޮޅުގެ ދެ ރަށަކަށް ފްލައިޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗިހި ތަކެއް ލައްގާފައި ހުއްޓާ ވަނީ ފެނިފަ އެވެ. ފެނުނު ބައިތަކާއި ގުޅޭ ތަހުގީގެއް ދިވެހި ފުލުން ވެސް ފެށިއެވެ. މިކަން ތަހުގީގު ކުރުމުގައި މެލޭޝިޔާގެ އެހީތެރިކަމަށް ހޯދާނެ ކަމަށް ސިވިލްއޭވިއޭޝަން އޮތޯރިޓީ އިން ވަނީ ބުނެފައެވެ.

ރިޔޫނިއަން އިން ވެސް އެ 2015 ވަނަ އަހަރު އެމްއެޗް 370 ގެ ފިޔަގަނޑުގުގެ ބައެއް ކަަމަށް ބެލެވޭ އެއްޗެއް ފެނުނެވެ.

ބައެއް މީހުން ދެކޭ ގޮތުން އެ ފުލައިޓު ރާއްޖެއާއި ހަމައަށް ފޯރުމުގެ ފުރުސަތު ވަރަށް ހަންޏެވެ. ނަމަވެސް، ރާއްޖެ މަތިން އެ ފްލައިޓު ފެނުނުކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މެލޭޝިއާއިން ވަނީ ފްލަޓު ހޯދުމަށް ދިވެހިރާއްޖޭގެ އެހީތެރިކަމަށް ވެސް އެދިފައެވެ. 

14%
ކަމުގޮސްފި
86%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް