ads
މަސްވެރިންގެ ދަފްތަރު ހަދަން ފިޝަރީޒް މިނިސްޓްރީން އަތޮޅުތަކުގައި ހަރަކާތްތެރި ވަނި -
މަސްވެރިންގެ ދަފްތަރު ހަދަން ފިޝަރީޒް މިނިސްޓްރީން އަތޮޅުތަކަށް
މަސްވެރިންގެ ފުރިހަމަ ގައުމީ ދަފުތަރެއް އެކުލަވާލުމަށް ފިޝަރީޒް މިނިސްޓްރީން އަތޮޅުތަކުގައި ހަރަކާތްތެރި ވާނެކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، މަސްވެރިންގެ ދަފްތަރު އެކުލަވާލުމަށް މަސައްކަތް އަވަސް ކުރުމުގެ ގޮތުން އެ މިނިސްޓްރީގެ ޓީމުތައް މި ހަފްތާ ބަންދުގައި އެކި އަތޮޅުތަކުގައި ހަރަކާތްތެރިވާނެ ކަމަށެވެ.

މަސްވެރިންގެ ދަފްތަރުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ ފެބްރުއަރީމަހުގެ 16ވަނަ ދުވަހު ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިފަދަ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމަކީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދައުލަތުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.

މަސްވެރިންގެ ގައުމީ ދަފުތަރު އެކުލަވާލާއިރު ފާނައިގެ މަސްވެރިކަން ފަދަ ފަރުމަސްވެރިކަމުގެ ބާވަތްތަކާއި ރެކްރިއޭޝަނަލް ފިޝިންގ އަދި ސްޕޯޓްސް ފިޝިންގ ފަދަ ހަރަކާތްތަކުގެ މައުލޫމާތުވެސް ފުރިހަމަ ގޮތެއްގައި ނެގޭނެ އިންތިޒާމު ހަމަޖައްސާނެކަމަށް ފިޝަރީޒް މިނިސްޓްރިން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރިން ބުނީ، މަސްވެރިންނަކީ ދައުލަތް ބަލައިގަންނަ ބަޔަކަށް ހެދުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީޏް ފަށާފައިވާ މަސައްކަތެއް ކަމަށެވެ. 

މަސްވެރިންގެ ގައުމީ ދަފްތަރެއް އެކުލަވާލުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް