ads
މިނިސްޓަރު ފައިސަލް، އައްޑޫ ދާއިރާގެ މަޖިލިސް މެމްބަރުން ޝަންގްރީލާ ހޮޓެލްސްގެ މެނޭޖްމަންޓްއާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުން
އައްޑޫގައި އަލުން ޝަންގްރީލާ ހޮޓެލް ހުޅުވުމާމެދު މަޝްވަރާކޮށްފި
ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރެއިން އައްޑޫގައި ހިންގި ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަދި ޝަންގްރީލާ ހޮޓެލް އަލުން ހުޅުވުމާމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޝަގްރީލާ ހޮޓަލްސް މެނޭޖްމަންޓާއެކު މިނިސްޓަރު ފައިސަލް އަދި އައްޑޫ ސިޓީ ދާއިރާގެ ހުރިހާ ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއެކު އައްޑޫ ސިޓީގައި ޝަންގްރީލާ ހޮޓެލް ހުޅުވުމާގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

އެގޮތުން އެ ބައްދަލުވުމުގައި ވާހަކަދެކެވުނީ އައްޑޫގައި ޝަންގްރީލާ ހޮޓެލް ހުޅުވުމުގެ މަސައްކަތަށް ޓާސްކް ފޯހެއް އެކުލަވާލުމާ ގުޅޭގޮތުންކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ބޮޑެތި ކުރިއެރުންތަކެއް ހޯދުމަށް އެޅިގެންދާނެ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓްރީން ބުނެއެވެ.

މިބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު، އަހުމަދު އަޒާން، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު، މުހައްމަދު ސިނާން، ފޭދޫ ދެކުނު ދާއިރާގެ މެމްބަރު، އިބްރާހިމް ދީދީގެ އިތުރުން، ފޭދޫ އުތުރު ދާއިރާގެ މެމްބަރު، އިސްމާއީލް ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ސަރުކާރުގެ 30 ޕަސެންޓް ހިއްސާ އާއި އައްޑޫ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ 70 ޕަސެންޓް ހިއްސާއާ އެކީ 2008 ގައި ހުޅުވި ރިސޯޓެކެވެ. ސަރުކާރުން މިފަހުން ވަނީ އެ ރިސޯޓުގައި އޮތް ސަރުކާރުގެ 30 ޕަސެންޓް ހިއްސާ ދޫކޮށްލާފަ އެވެ.

ޝަންގްރިއްލާ އާއި ކެނަރީފް ބަންދުކުރުމާ ގުޅިގެން އެތައް ބައެއްގެ ވަޒީފާ ގެއްލި، އައްޑޫގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކޮށްފައި ވެ އެވެ. އަދި ދެ ރިސޯޓް ނުހުޅުވި ލަސްވާތީ އާއި ހުޅުވޭނެ އިރެއް ވެސް ނޭނގޭތީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ތެރޭގައި ކަންބޮޑުވުން އުފެދިފައިވެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް