ads
ހިޔާ އަވަށުގައި ބިދޭސީންތަކެއް
ރާއްޖޭގައި ބިދޭސީން ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ލިސްޓް އާ ކޮށްފި
ރާއްޖޭގައި ބިދޭސީން 25 ދާއިރާއެއްގައި ވިޔަފާރިކުރުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން މިއަދު ވަނީ ބިދޭސީން ދިވެހިރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓް އާންމުކޮށްފަ އެވެ. 

އޭގެ ތެރޭގައި ހިމެނޭ ދާއިރާތަކަކީ:

1- ރީޓެއިލް ވިޔަފާރި (އޮންލައިން ވިޔަފާރި ވެސް ހިމެނޭ ގޮތަށް)

2- ހޯލްސޭލް ވިޔަފާރި (އިމާރާތްކުރަން ބޭނުންވާ މުދާ ނުހިމެނޭ ގޮތަށް)

3- ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތްތައް

4- ޕޯސްޓަލް އަދި ކުރިއާ ހިދުމަތްތައް

5- ކާބޯތަކެތި ވިއްކުން (ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީ ހިންގުން)

6- ތަކެތި ކުއްޔަށް ދިނުން (އިމާރާތްކުރަން ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ވެސް ހިމެނޭ ގޮތަށް)

7- ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީގެ މަސައްކަތްތައް 

8- ޓްރެވަލް އެޖެންސީ، ޓުއާ އޮޕަރޭޓަރުން، ރިޒަވޭޝަންސް އަދި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް

9- ރަބަރާއި ޕުލާސްޓިކު ތަކެތި އުފެއްދުން

10- ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ގައުމުގެ ދިފާއީ ބާރުތަކާ ގުޅުންހުރި މަސައްކަތްތައް

11- ޖެނެރަލް ޓިއުޝަން ކުލާސް އަދި ގުރުއާން ކުލާސް ހިންގުން

12- ޖެނެރަލް ކުލިނިކުތައް ހިންގުން

13- ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތްތައް

14- ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތްތައް

15- ފޮރެސްޓްރީ

16- އެމްޕްލޮއިމަންޓް އެޖެންސީތަކާއި ވަޒީފާތަކަށް މީހުން ހޯދުމުގެ ހިދުމަތްތައް

17- ޕިކްނިކު އައިލެންޑް ތަރައްގީކުރުމާއި ހިންގުން

18- ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން

19- ސުވެނިއާ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން

20- ލޭންޑްސްކޭޕިން 

21- ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެތި އުފެއްދުމާއި ވިއްކުން

22- ލަކުޑިން ތަކެތި އުފެއްދުން (ފަރުނީޗަރު ނުހިމެނޭ ގޮަތަށް)

23- މައިނިން އާއި ކޮރީންގެ މަސައްކަތް

24- ވެލި މައިންކުރުން

25- ގާނޫނީ ވަކީލުންގެ ހިދުމަތްތައް

ސައްހަ ހުއްދައެއް ނެތި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ޑީޕޯޓް ކުރުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. ބިދޭސީންގެ މައްސަލަ އަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލަ އެކެވެ. ހާއްސަކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް