ރައީސް ޔާމީން މި މޭރުމުން ވާހަކަދެއްކެވީ އެމަނިކުފާނުގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފުން) ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ ޝަމްނާޒުގެ ސިހުރުގެ ތުހުމަތުގައި ބަންދުކުރި ވާހަކަތައް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރަމުން އަންނަކަމަށެވެ. އަދި އެވާހަކަތައް ދައްކަން ފެށުމުން އެއީ ރައީސް ޑރ. މުއިއްޒާއި ގުޅުން ހުރި ވާހަކައެއް ނޫންކަމަށް ބުނެ ރައީސް އޮފީހުުގެ ތަރުޖަމާނު ވާހަކަ ދެއްކިކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ ފުލުހުން އެފަދަ މައްސަލައެއް އަމިއްލައަށް އިސްނަގައިގެން ނުބަލާނެކަމަށެވެ.
ޝަމްނާޒުި ހައްޔަރުކުރި މައްސަލަ ގުލެނީ ކޮރަޕްޝަނާއި ކަމަށްް ތުހުމަތުކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް ޑރ. މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ޝަމްނާޒަކީ ވަރަށް އަރިސްކޮށް އުޅުއްވި ކައުންސިލަރެއްކަމަށެވެ. އެހެންކަމުން އެ މައްސަލަ ގުޅިފައިވަނީ މޭޔަރު ކަމުގައި ޑރ. މުއިއްޒު ސިޓީ ކައުންސިލުން ހިންގި ކޮރަޕްޝަނުގެ އަމަލަކާތޯ ސުވާލު އުފެދޭކަމަށެވެ. އަދި ސިޓީ ކައުންސިލްގެ ކޮރަޕްޝަންގެ ބައެއް މައްސަލަތައް މިހާރު އޭސީސީއަށް ހުށައަޅާފައި ހުރިކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު، ހިތްޕުޅާވޭތޯ "އިސްތިރި" އެއް ހެދި ކަމަށް ތުހުމަތު ކުރެވިގެން ޝަމްނާޒް ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަދުވަހުއެވެ.
ޝަމްނާޒާއި އެކު އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް އިތުރު ތ. ކިނބިދޫ ހުސައިން ސަމީރު ހައްޔަރުކޮށް ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ. އަދި މި ތިން މީހުންގެ ތެރެއިން ހުސައިން ސަމީރު ދޫކޮށްލާ ޝަމްނާޒާއި އެނާގެ ކޮއްކޮ ބަންދުގެ މުއްދަތަށް އިތުރު ހަތް ދުވަސް ވަނީ ޖަހާފައެވެ.
މި މައްސަލާގައި މި ތިން މީހުންވެސް ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.