ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އަންހެނުންނަށް ހާއްސަކޮށްފައިވާ މި ކޮންފަރެންސް އިންތިޒާމު ކުރަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިންނެވެ.
މަޓާޓޯއިން ބުނީ އަންނަ މަހުގެ 19 ގައި ހޮޓެލް ޖެންގައި އޮންނަ މި ކޮންފަރެންސްގެ މަގުސަދަކީ ފަތުރުވެރިކަމުގައި އަންހެނުންނަށް އަސަރުކުރާ މުހިންމު މައްސަލަތަކަށް އަލި އަޅުވައިލުން ކަމަށެވެ.
މުޅިން އަންހެން ބައިވެރިން ހިމެނޭ ކޮމްފަރެންސްގައި ދެ ޕެނަލެއް ކުރިއަށް ގެންދާނެ އެވެ. ހަމަޖެހިފައިވާ ކަމަށް ވެސް އެއީ ވިމެންސްއިން މެނޭޖްމަންޓުން އެޑްރެސިން ދަ ޑިސްޕެރިޓީ އާއި ވިމެން އިން ޓުއަރިޒަމްއިން ކޮމްބެޓިން ސޮސައިޓަލް ސްޓިގްމާ އަށް ބިނާކޮށެވެ.
ރާއްޖޭގެ އިގްތިސޯދުގެ އެންމް ފުޅާ ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ އިންޓަސްޓްރީގައި މަސައްކަތްކުރާ އަންހެނުންގެ އަދަދު ވަރަށް ވެސް މަދެވެ. އަދި ރިޒޯޓްތަކުގެ މަތީ މާގާމުތަކުން ދިވެހިން ފެންނަ ލެއްވެސް ނިސްބަތުން ވަރަށް މަދެވެ.
މި ކޮންފަރެންސްގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންނަށް ދިމާވާ ހުރަސްތަކާއި މެދު ހޭލުންތެރިކަން އިތުރު ކުރުމާއި، އެހީތެރިކަމާއި ހަމަހަމަ މާހައުލެއް ގާއިމު ކުރުމަށް ފަސޭހަ ވެގެން ދާނެ ކަމަށް މަޓާޓޯއިން ގަބޫލުކުރެ އެވެ.