ads
އާޝާ އަދި ނަތާޝާ ދަރާ ރަޝީދާއެކު
ދަރާ ރަޝީދު ހާ ކާމިޔާބު މީހަކު ދުށިންތަ؟
މިއަދު މުޅި ސޯޝަލް މީޑިއާގައި އޮތީ ދަރާ ރަޝީދެވެ. ދިވެހި އެތައް ޒުވާނުންނެއްގެ ހިތް ކަތިލަމުން އަންނަ އައިމިނަތު ރަޝްފާ (އާޝާ) ރޭ އުމުރުން 60 އަހަރުގެ އެކްޓަރު ދަރާ މުހައްމަދު ރަޝީދު (ދަރާ) އާއެކު ދޫކޮށްލި ފޮޓޯއިން ކޮންމެވެސް ދުވަހަކުން އާޝާ ލިބޭނެކަމަށް އިންތާޒުކުރަމުން ދިޔަ އެތައް ހާސް ޒުވާނުންނެއް އާޝޯހުކޮށްލިއެވެ.

ސަބަބެއްވެސް ނެތިއެއް ނޫނެވެ. އާޝާވަނީ އޭނާ ދަރާ ރަޝީދާއި ކައިވެނީގެ ގޮތުން ގުޅިގެން އުޅޭކަން ދޭހަވާ ފޮޓޯއެއް ދޫކޮށްލާފައެވެ. އެ ޕޯސްޓުގައި ހޭޝްޓޭގް ކޮށްފައިވަނީ "މެރީޑް ލައިފް" ، "އޭޖް އިސް ޖަސްޓް އަ ނަންބާ"، "މެރީޑް ލައިފް"، "ޓްރޫ ލަވް" ފަދަ ހޭޝްޓެގްތަކެވެ. 

އެއްބަޔަކު އާޝާއަށް ފާޑުކިޔަމުން ގެންދިޔައެވެ. ބައެއް މީހުން ބުނެފައިވަނީ "ފައިސާއަށް" ކުރި ކައިވެންޏެއް ކަމަށެވެ. އަނެއްބަޔަކު ވަނީ އާޝާއަށް މަރުހަބާ ވެސް ކިޔާފައެވެ. 

ދަރާރަޝީދާއި އާޝާގެ ފޮޓޯ އާންމު ކުރިތާ 21 ގަޑިއިރު ފަހުން މަޝްހޫރު ފިލްމީތަރި ނަތާޝާ ވެސް ވަނީ ދަރާ ރަޝީދާއެކު ފޮޓޯއެއް އާންމުކޮށްފައެވެ. އެ ފޮޓޯއިން ފެންނަނީ ލޯބީގައި ހަމަހަމަވާން ޖެހޭނެކަމަށް ބުނެފައެވެ. "ފެޔާ އެންޑް ޖަސްޓު" "ލައިފް ލެސަންސް" "އީކިއާލިޓީ އިން ލަވް" "ސްޓްރެންތް އިން ޔުނިޓީ" ފަދަ ހޭޝްޓެގް ވެސް ވަނީ ކޮށްފައެވެ. ނަތާޝާ ހުރީ ބުރުގާ ވެސް އަޅައިގެންނެވެ. މިހެންކަމުން ގިނަބަޔަކަށް އަހާ އެއް ސުވާލަކީ "ދަރާ ރަޝީދު ހާ ކާމިޔާބު މީހަކު ދުށިންތަ؟" މިހެނެވެ. 

ބެލެވޭ ގޮތުގައި ދަރާ ރަޝީދާއެކު ދެ އަންބަށް މީހަކާ ކައިވެނިކޮށްގެން އުޅޭ ފިލްމެއް ނުވަތަ ސީރީޒްއެއް ކުޅެން ނަތާށާއާއި އާށާ މި ވަނީ ތައްޔާރުވެފައެވެ. މި ފިލްމާއި ގުޅޭ މައުލޫމާތެއް ނަތާށާ، އާޝާ ވެސް ހާމައެއް ނުކުރެއެވެ. މިހެންކަމުން ޖެހޭނީ އިންތިޒާރުކޮށްލާށެވެ. 

މުޙައްމަދު ރަޝީދު (ދަރާ) އަކީ ކާކު؟

މުޙައްމަދު ރަޝީދު (ދަރާ) އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ކުރީގެ އެތައް ފިލްމްތަކެއްގައި ލީޑްރޯލް ކުޅެފައެވެ. އޭނާ އަކީ ކެމެރާމަނެކެވެ. އޭނާ ވަނީ ޓެލެވިޒަން ޕްރޮޑަކްޝަންގެ ދާއިރާއިންނާއި، މޯޝަން ޕިކްޗަރ ފޮޓޯ ގްރަފީގެ ދާއިރާއިން އިންޑިޔާގައި ޑިޕްލޮމާ ޙާޞިލް ކޮށްފައެވެ. 2005 ވަނަ އަހަރު އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ ފިލްމް އެކަޑަމީގައި ފުރިހަމަ ކުރި ދޮޅު އަހަރުގެ ކޯހުގައި 2 ސެމިސްޓަރ ގައި އެންމެ މޮޅު ދަރިވަރުގެ މަގާމް ހާސިލްކުރިއެވެ. 

1993 ވަނަ އަހަރު ފުރަތަމަ ފަހަރަށް ފިލްމީ ދާއިރާއިން ވަކިވުމާއި ހަމައަށް މުހައްމަދު ރަޝީދު ވަނީ ދިވެހި 16 ފިލްމެއްގައި ހަރަކާތްތެރިވެފައެވެ.

އޭނާ ލީޑް ރޯލު ކުޅެގެން 1982 ވަނަ އަހަރު ނެރުނު ފިލްމު "އޯކިޑް އޭނާގެ މާ" އަކީ ދިވެހި ފިލްމީ ޖައްވުގެ ވައި ބަދަލުކޮށްލި އުފެއްދުމެކެވެ. އޭގައި ހިމެނުނު ލަވަތައް ކަމަށްވާ "އަންގައިދޭށޭ އަދުވީ ރުހިގެންނޭ" ފަދަ ލަވަތަކަކީ އަދިވެސް ފަނޑުކަމެއް ނާންނަ ލަވަތަކެވެ. އޮފީހުގެ ކަމެއްގެ ގޮތުގައި ދަރާ ރަޝީދު މި ފިލްމެއް ކުޅެފި އެވެ. ލީޑް ރޯލެވެ. އެ ފިލްމުގެ ނަމަކީ "ނަތީޖާ" އެވެ.ދަރާ ރަޝީދު ވަނީ އޭނާގެ ރަން ދުވަސްވަރުގައި 20 ފިލްމެއްގައި ލީޑް ރޯލު ކުޅެފަ އެވެ. އޭނާގެ އެންމެ މޮޅު އެއް މަސައްކަތަކީ 1993 ވަނަ އަހަރު ނެރުނު މަސައްކަތަކީ "އުދާސް" އެެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް