ads
ނުރައްކާތެރި "މެނިންގޯކޮކަލް" ބަލި ނެތް، ކޭސް ކްލޯސް: އެޗްޕީއޭ
ރާއްޖެ އިން އަލަށް ފެނުނު، ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ އިންވޭސިވް މެނިންގޯކޮކަލް ބަލީގައި އިތުރު އެއްވެސް ކޭސްއެއް ނެތްކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
Advertisement

މި ބަލި ރާއްޖެއިން ފެނުނީ މިއަހަރުގެ ހައްޖަށް ފަހު ހައްޖުވެރިއެއްގެ ގައިންނެވެ. އޭނާއަށް ބައްޔަށް ފަރުވާދެމުން ދަނިކޮށް ވަނީ ނިޔާވެފައެވެ. 

ބަލީގައި ފަރުވާދެމުން ދިޔަ މީހާ ނިޔާވުމުން އެޗްޕީއޭ ވަނީ އޭނާއާ ކޮންޓެކްޓްވީ ފަރާތްތައް ހޯދާ އެމީހުންނަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ވެސް ދީފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ އެ ބަލީގެ އެއްވެސް ކޭހެއް އުޅޭތާ ބެލުމަށްް ކުރި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އިތުރު ކޭސްއެއް ރިޕޯޓްކުރެވިފައި ނުވާތީ އެ ކޭސް ކްލޯސް ކޮށްފައިވާކަމަށްވެސް އެޗްޕީއެއިން ބުނެއެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ބަލި ޖެހިފައިވާ މީހާއާއެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ. މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް