ads
އެމްއެމްޕީއާރުސީގެ ބޯޑަށް އައްޔަންކުރި މެމްބަރުން
އެމްއެމްޕީއާރުސީ ބޯޑަށް އިތުރު 2 މެމްބަރުން
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޯޑަށް ދެ މެމްބަރަކު އައްޔަންކޮށްފިއެވެ.
Advertisement

އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަންކުރި ދެ މެމްބަރުންނަކީ އަބްދުލް ސަމީއު އިމާދުގެ އިތުރުން އައިޝަތު ހަމީދެވެ.

އަބްދުލް ސަމީއު އަކީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެެއް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އެގޮތުން ގެސްޓް ހައުސި ވިޔަފާރި ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް އޭނާ ކުރައްވާފައިވެއެވެ. އޭނާވަނީ ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓުހައުސް އެސޯސިއޭޝަންގެ ރައީސްކަމާއި އުކުޅަސް ޓޫރިޒަމް ބޯޑުގެ ރައީސްކަންވެސް ކުރައްވާފައެވެ.

ބޯޑަށް އައްޔަންކުރެއްވި އައިޝަތު ހަމީދު މިހާތަނަށް ހުންނެވީ މޯލްޑިވްސް ގޭސް ސީނިއާ މާކެޓިން އޮފިސަރެއްގެ ގޮތުގައެވެ. އޭގެ ކުރިން އެފްއެސްއެމްގައިވެސް އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ. 

އެމްއެމްޕީއާރުސީގައި މައްސަލަތައް ބޮޑުވެ ކުންފުނި ރަނގަޅަށް ނުހިންގާކަމަށް ބުނެ އެތަނުގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހާއި ބޯޑު މެމްބަރު ރާފިލް މުހައްމަދު މިއަހަރުގެ ކުރީކޮޅު މަގާމުން އިސްތިއުފާދެއްވިއެވެ. އޭގެފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު އެ މަގާމުން ވަކިކޮށްފައެވެ. 

މިދިޔަ މަހުގެ ކުރީ ކޮޅުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ޝިއުރީ ވަނީ އައްޔަންކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް