ads
މޯލްޑިވިއަން އެއާބަސް
ބޯޓަށް ދިމާވި މައްސަލަ ހައްލުކޮށްފި، މިރޭ ދަތުރުތައް ފަށަނީ
މޯލްޑިވިއަންގެ އެއާބަސް A320 މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ރާއްޖެ ގެނެސްފިއެވެ.

ބޯޓަށް މައްސަލަ ދިމާވީ ރާއްޖެއިން ފުރައިގެން އިންޑިއާއަށް ދަނިކޮށްް މިދިޔަ މަހުގެ 25 ވަނަދުވަހުއެވެ. މައްސަލަ ޖެހުމާއި އެކު ބޯޓު ވަނީ އަނބުރާ ރާއްޖެއަށް ޖައްސާފައެވެ. 

ބޯޓަށްް މައްސަލަ ޖެހުމާއި އެކު މޯލްޑިވިއަނުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ވަނީ ބުރޫ އަރާފައެވެ. އޭގެތެރޭގައި އިންޑިއާ އަދި ބަންގާޅު ދަތުރުތައް ހިމެނެއެވެ.

މޯލްޑިވިއަނުން ބުނީ ބޯޓަށް ޖެހުނު މައްސަލަ ހައްލުކުރަން ގެންދިޔައީ މެލޭޝިޔާއަށް ކަމަށެވެ. އަދި އެ ގައުމުގެ ސެޕަން އެއާ ކްރާފްޓް އިންޖިނިއަރިންގައި މެއިންޓަނަންސް ކުރިއަށް ގެންގޮސް މައްސަލަ ހައްލުކޮށްފައިވާކަމަށް މޯލްޑިވިއަނުން ބުނެއެވެ. އަދި މި ބޯޓަކީ މިދިޔަ މަހުގެ ތެރޭގައި މައްސަލައެއް ދިމާވެ ސާވިސް ކޮށްފައިވާ ބޯޓެއް ކަމަށްވެސް މޯލްޑިވިއަނުންް ބުނެއެވެ. 

މައްސަލަ ހައްލުކުރުމަށްް ފަަހު ބޯތް މާލެ ގެނައީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. އަދި ބޯޓްގެ ދަތުރުތައް އަލުން ފަށާނެކަމަށާއި މިރޭ 21:00ގައި ރާއްޖެއިން ބަންގްލަދޭޝްގެ ޑާކާއަށް ހަމަޖެހިފައި އޮތް ދަތުރު ކުރާނެ ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް