ސާޖިދު މިއަދު ދޫކޮށްލި ކަމަށް އޭނާވަނީ އެކްސްގައި ބުނެފައެވެ. އޭނާ މި ދޫކޮށްލީ ކޯޓު އަމުރެއްގެ ދަށުން ހަތް ދުވަހު ބަންދުގައި ބެހެއްޓުމަށް ފަހުއެވެ. ގއ. ވިލިގިލީގައި އަންހެނެއްގެ ބޮލުގައި ގާބުރިއަކުން ޖެހި މައްސަލައެއް ސާޖިދު ހައްޔަރުކޮށްފައިވަނީ އެއްރޭ ދަންވަރުއެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގއ. ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުންނެވެ.
ފުލުހުން ބުނީ، މާރާމާރީގައި އަނިޔާވީ 46 އަހަރުގެ އަންހެނަކަށް ކަމަށާއި ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އެ މީހާ މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
ސާޖިދުއަކީ ސޯޝަލް މީޑިއާގެ އެކްޓިވިސްޓެކެވެ. ސާޖިދު އަންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ހާއްސަކޮށް މަސްވެރިންގެ ހައްގުތަކާ ގުޅޭ ގޮތުން އޭނާ އަޑުއުފުލަ އެވެ. އަދި އިޖުތިމާއީ ބައެއް މައްސަލަތައް ވެސް ފެންމަތިކޮށްފައިވެ އެވެ.