ads
ގައުމީ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ
ގައުމީ ގުރުއާން މުބާރާތް، ނަތީޖާ ފާޅުކުރުން މިމަހު 18ގައި
36 ވަނަ ގައުމީ ގުރުއާން މުބާރާތް ކިޔެވުމުގެ ގައުމީ މުބާރާތުގެ ކިޔެވުން ނިންމާލައިފިއެވެ.
Advertisement

މި މުބާރާތުގެ ކިޔެވުން ފަށާފައިވަނީ މދިޔަ މަހުގެ 29 ގައެވެ. މި ފަހަރުގެ މުބާރާތުގައި 1029 ބައިވެރިން ވާދަކުރަން އޮތް ނަމަވެސް މުބާރާތުގައި ކިޔަވާފައިވަނީ ޖުމްލަ 992 ދަރިވަރުންނެވެ. މި މުބާރާތުގައި 119 މުއައްސަސާއަކުން ބައިވެރިވެއެވެ. އޭގެތެރޭގައި 52 ސްކޫލްވެސް ހިމެނެއެވެ. 

މުބާރާތުގައި ކިޔެވި ދަރިވަރުންގެ އަދަދު 

ބަލައިގެން ކިޔެވުމުގެ ބައިގައި 579

ނުބަލާ ކިޔެވުމުގެ ބައިގައި 413

އިސްލާމިކް މިނިސްޓްރީން ބުނީ މި މުބާރާތުގެ ނަތީޖާ ފާޅުކުރުން  އޮންނާނީ  މިމަހުގެ 18 ވަނަދުވަހުގެރޭ ކަމަށެވެ. 

your imageގައުމީ ގުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ 

ގުރުއާނާއި ބެހޭ މަރުކަޒުން ބުނީ މިއަހަރުގެ މުބާރާތް ރާވާފައިވަނީ ރަށްރަށުން އަންނަ ދަރިވަރުން މާލޭގައި ގިނަދުވަހު ނުތިބެ ކިޔެވުން އަވަހަށް ނިންމާލާ ދެވޭ ގޮތަށްކަމަށެވެ. އަދި މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ދެވޭ އިނާމާއި ހަނދާނީ ފިލާއާއި އައްޑަނައަށްވެސް އިސްލާމީ، ދިވެހި ވަންތަ އަމިއްލަ ފަރުމާތަކަށް ބަދަލު ކުރެވިފައިވާކަމަށްވެސް އެ މަރުކަޒުން ބުނެއެވެ. 

މީގެ އިތުރުން މުބާރާތުގެ ބައިވެރިންނަށް ފަސޭހަ ކުރުމުގެ ގޮތުން މުބާރާތާއި ގުޅޭ ލުއި ފޮތެއް ތައްޔާރުކޮށް އެ ފޮތުގެ ޒަރިއްޔާއިން ބައިވެރިންނަށް މުހިއްމު ޤަވާއިދުތަކާއި މުބާރާތް ކުރިއަށްދާ ގޮތުގެ ތަފްސީލް ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާފައިވާކަމަށް މަރުކަޒުން ބުނެއެވެ. 

ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ކީރިތި ގުރްއާން ކިޔެވުމަށް ލޯބިޖައްސައި، ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދަރިވަރުންގެ މެދުގައި ބިނާކުރަނިވި ވާދަވެރިކަން އުފެއްދުމާއި، ގާރީންނާއި ހާފިޒުން އުފެއްދުމަށް ބާރުއެޅުމާއި ހިތްވަރު ދިނުމާއެކު ކީރިތި ގުރްއާނަށާއި މާތް ނަބިއްޔާގެ ސުންނަތަށާއި މާތް ވެގެންވާ އިސްލާމްދީނަށް ލޯބިކުރާ ހެޔޮލަފާ ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް