ads
ފްރާންސްގެ ކެޕްޓަން އެމްބާޕޭ
ފޫހިވަންޏާ ނުބަލާ، ކޮންމެހެން ފްރާންސް މެޗު ބަލާކަށް ނުޖެހޭ
ފްރާންސް ޓީމުގެ ކުޅުމުގެ ސްޓައިލަށް ފޫހިވާ މީހުންނަށް އަންގާރަ ދުވަހު ސްޕެއިންއާ ދެކޮޅަށް ކުޅޭ ޔޫރޯ 2024 ސެމީ ފައިނަލުގެ ބަދަލުގައި އެހެން އެއްޗެއް ބަލާލެވޭނެ ފްރާންސްގެ ކޯޗުޑިޑިއޭ ޑެޝަމްޕްސް ބުނެފިއެވެ.

ފްރާންސް މެޗުތަކުގައި މުނިފޫހިފިލުވުމުގެ ފުރުސަތު ކުޑަކަމުން ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، ބީބީސީގެ ޕަންޑިޓް އަދި ޕްރިމިއާ ލީގުގެ ކުރީގެ ފޯވާޑް ކްރިސް ސަޓަން މިދިޔަ ހަފްތާގައި ވަނީ ފްރާންސް މެޗުތައް ވަރަށް ފޫހިކަމަށް ބުނެފައެވެ. 

އޭނާ އެ ގޮތަށް ބުނެފައިވަނީ ޖަރުމަނުގައި ކުރިއަށްދާ މުބާރާތުގެ ފަހު ހަތަރަކަށް ފްރާންސް ދަތުރުކޮށްފައި ވީނަމަވެސް އެޓީމުގެ އެއްވެސް ކުޅުންތެރިއަކު އޯޕަން ޕްލޭއިން ލަނޑެއް ކާމިޔާބު ކޮށްފައި ނުވާތީއެވެ.ޔޫރޯގައި އެޓީމުން ޖެހި ތިން ގޯލަކީ ގްރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވި މެޗުގައި ކިލިއަން އެމްބާޕޭ ޖެހި ޕެނަލްޓީއަކާ އިދިކޮޅު ޓީމުތަކުން ބައިކޮޅަށް ޖެހި ލަނޑުތަކެވެ.

ސެމީ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޝަމްޕްސްއާ "ފޫހި ފުޓްބޯޅަ" ކުޅުމާ ބެހޭ ގޮތުން އެއް ނޫސްވެރިއަކު ސުވާލު ކުރުމުން އޭނާ ޖަވާބުގައި ބުނީ ފޫހިވެއްޖެ ނަމަ އެހެން މެޗެއް ބެލިދާނެ ކަމަށާއި ކޮންމެހެން ފްރާންސް މެޗު ބަލަން ނުޖެހޭ ކަމަށެވެ.

ޔޫރޯ ސެމީ ފައިނަލްގައި ފްރާންސްއާ ސްޕެއިން ކުޅޭ މެޗު އޮންނާނީ މިރޭއެވެ. މި މެޗު ފެށޭނީ މިރޭ ރާއްޖޭ ގަޑިން 12 ޖަހާއިރުއެވެ. ދެވަނަ ސެމީގައި އިގިރޭސިން މާދަމާރޭ ނުކުންނާނީ ހޮލެންޑާ ދެކޮޅަށެވެ. މާދަމާރޭގެ މެޗުވެސް ފެށޭނީ ރޭގަނޑު 12 ޖަހާއިރުއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް