އެކުންފުނިން ދެ މވަކިކޮށްފައިވަނީ ކުންފުނީގެ ޗީފް އޮގް ކޯޕަރޭޓް އެފެއާޒެގ މަގާމުގައި ހުންނެވި އިބްރާހިމް އާސިމްއެވެ.
މި ދެ މުވައްޒަފުން ވަކިކިރުކަން މިއަދު ރަސްމީކޮށް ވަނީ އަންގާފައެވެ.
އާސިމަކީ އެެމްއެމްޕީއާރުސީގައި އެންމެ ގިނަ ދުވަސްވީ އެެއްް މުވައްޒަފެވެ. އޭނާ އެ ކުންފުނީގައި މަސައްކަތް ކުރާތާ ވަނީ 20 އަހަރުވެފައެވެ. އަދި އެ ކުންފުނީގެ އެކި މަގާމުތައް ވަނީ ފުރުއްވާފައެވެ.
އެމްއެމްޕީއާރުސީގައި މައްސަލަތައް ބޮޑުވެ ކުންފުނި ރަނގަޅަށް ނުހިންގާކަމަށް ބުނެ އެތަނުގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހާއި ބޯޑު މެމްބަރު ރާފިލް މުހައްމަދު މިއަހަރުގެ ކުރީކޮޅު މަގާމުން އިސްތިއުފާދެއްވިއެވެ. އޭގެފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު އެ މަގާމުން ވަކިކޮށްފައެވެ.
މިދިޔަ މަހުގެ ކުރީ ކޮޅުގައި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ޝިއުރީ ވަނީ އައްޔަންކޮށްފައެވެ.
އެކުންފުނީގެ ބޯޑަށް އަލަށް ދެ މެމްބަރަކު ވަނީ މިދިޔަ އާދިއްތަ ދުވަހު އައްޔަންކޮށްފައެވެ. އެ ކުންފުނީގެ ބޯޑަށް އަލަށް އައްޔަންކުރި ދެ މެމްބަރުންނަކީ އަބްދުލް ސަމީއު އިމާދުގެ އިތުރުން އައިޝަތު ހަމީދެވެ