ads
ކަލަފިއޯރީ
ރާއްޖޭގައި ހުރެ ކަލަފިއޯރީ އާސެނަލްގެ ޑީލް ނިންމަނީ
ޗުއްޓީގައި ރާއްޖޭގައި ހުރެ އިޓަލީގެ ޒުވާން ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ އާސެނަލްއަށް ބަދަލުވުމުގެ ޑީލް ނިންމައިފި ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުން ކެޓުމުން، އިޓަލީގެ ޒުވާން ޑިފެންޑަރު ރިކާޑޯ ކަލަފިއޯރީ ލޯބިވެރިޔާއާއެކު ޗުއްޓީއަށް އައިސް ހުރީ ރާއްޖޭގައެވެ. އޭނާ އާސެނަލްއަށް ބަދަލުވުމުގެ ކަންކަން މިހާރު ހަމަ ޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

އޭނާ ހޯދުމަށް ކުރިން ޕީއެސްޖީއާ، ޗެލްސީ އަދި ބެޔާ ލެވަކޫސަނުންވެސް ޝައުގުވެރިވީ ކަމަށް ރިޕޯޓްތައް ބުންޏެވެ. އެހެންނަމަވެސް، އެއިން އެއްވެސް ކްލަބަކާ ވާހަކަ ނުދައްކާ ކަމާއި އާސެނަލްއާއެކު ޕާސަނަލް ޓަރމްސްއާ މެދު މިހާރު އެއްބަސްވެފައިވާ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ ބުނެފައެވެ.

ކަލަފިއޯރީ ރާއްޖެއަށް އައީ އިޓަލީ، ޔޫރޯއިން ކެޓުމުންނެވެ. ޔޫރޯއިން އިޓަލީ ކެޓީ ދެވަނަ ބުރުގައި ސްވިޒްލޭންޑް އަތުން ދެ ލަނޑު ސުން ލަނޑުން ބަލިވެގެންނެވެ. އެ މެޗުން ބަލިވެ އިޓަލީ ކެޓިނަމަވެސް އޭނާ އެ މެޗުގައި ނުކުޅެއެވެ. އޭނާ ހުރީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ނޭނގެއެވެ. ރާއްޖެ އައިސް ނަގާފައިވާ ފޮޓޯތަކެއް އޭނާގެ ލޯބިވެރިޔާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް