ads
މަތީ ތައުލީމް ހާސިލްވެ ދަރިވަރުންތަކެއް ދަސްވެ ނިވުނު ހަފްލާއެއް
މިދިޔަ ސަރުކާރުން 20 ހާހަށްވުރެ ގިނަ ކުދިނަށް ހިލޭ ޑިގްރީ
މިދިޔަ ސަރުކާރުން 20 ހާހަށްވުރެ ގިނަ ދަރިވަރުންގެ ހިލޭ ޑިގްރީއަށްް ހަރަދުކޮށްފައެވެ.
Advertisement

މައުލޫމާތު ހޯދާ ލިބިގަތުމުގެ ދަށުން އަމިއްލަ ފަރާތްތެއްކަމަށްވާ އަފްރާހު އިސްމާއިލް ހޯދާފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން 2109 ފެށިގެން މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖްތަކުން  20،337 ދަރިވަރުން ވަނީ ޑިގްރީއަށް ކިޔަވާފައެވެ. 

މިދިޔަ ސަރުކާރުން ފެށި ހިލޭ ޑިގްރީ ސްކީމަށް މި މުއްދަތުގެ ތެރޭގައި ދައުލަތުން ވަނީ 695 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.

ހިލޭ ޑިގްރީއަށް މިދިޔަ ހަތަރު އަހަރު ސަރުކާރުން ހަރަދުކުރިވަރާއި ދަރިވަރުންގެ އަދަދު 

  • މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ -(4،504 ދަރިވަރުން) /  138.8 މިލިއަން ރުފިޔާ  
  • އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް -  (942 ދަރިވަރުން) / 18.5 މިލިއަން ރުފިޔާ
  • އެވިޑް ކޮލެޖު - (1،307 ދަރިވަރުން) / 52.7 މިލިއަން ރުފިޔާ
  • ކްލިކް ކޮލެޖު - (341 ދަރިވަރުން) / 11.2 މިލިއަން ރުފިޔާ
  • ސައިރިކްސް ކޮލެޖު - 15.2 މިލިއަން ރ. 
  • މޯލްޑިވްސް ބިޒިނަސް ސްކޫލް - (360 ދަރިވަރުން) / 83.6 މިލިއަން ރުފިޔާ
  • މަންދު ކޮލެޖު - (234 ދަރިވަރުން) / ހަތް މިލިއަން ރުފިޔާ
  • މެޕްސް ކޮލެޖު - (997 ދަރިވަރުން) / 32.5 މިލިއަން ރުފިޔާ
  • މިއަންޒު އިންޓަނޭޝަނަލް ކޮލެޖު - (2،842 ދަރިވަރުން) / 106.2 މިލިއަން ރުފިޔާ 
  • ވިލާ ކޮލެޖު - (4،522 ދަރިވަރުން) / 172.6 މިލިއަން ރުފިޔާ 
  • ޒިކުރާ އިންޓަނޭޝަނަލް ކޮލެޖު - (1،928 ދަރިވަރުން) /  56.7 މިލިއަން ރުފިޔާ

ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން އެންމެ ގިނަ އަދަދެއްގެ ކުދިން ކިޔަވާ ފައިސާ ދޫކޮށްފައިވަނީ ވިލާ ކޮލެޖަށެވެ. އެ ކޮލެޖުން 4،522 ދަރިވަރުން ކިޔެވުމަށް 172.8 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. 

ދެން އެންމެ ގިނަ ކުދިން ހިލޭ ޑިގްރީ ހަދާފައިވަނީ ގައުމީ ޔުނިވާސިޓީންނެވެ. އެ ޔުނިވާސިޓީން 4،504 ދަރިވަރަކު ޑިގްރީ ހެދިއިރު އެ ކުދިންގެ ކިޔެވުމަށް 138.8 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް