ads
ޔަމާލް ސްޕެއިން ކޮޅަށް ލަނޑު ޖަހަނީ
ފްރާންސް ރަށަށް ފޮނުވާލީ އެންމެ 16 އަހަރުގެ ކުއްޖެއް
އުމުރުން އެންމެ 16 އަހަރުގެ ލަމީން ޔަމާން ޖެހި މޮޅު ލަނޑާއެކު، ފަހަތުން އަރައި ފްރާންސް ބަލިކޮށް ސްޕެއިނުން ޔޫރޯގެ ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭ، ފްރާންސުން ލަނޑެއް ޖަހާފައިވަނިކޮށް ސްޕެއިނުން މެޗު އަނބުރާލީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ސްޕެއިނުން މި ފަހަރުގެ ޔޫރޯގައި ކުޅުނު ހަ މެޗުން ވެސް މޮޅުވެފައިވާއިރު، މިއީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު، މި މުބާރާތުގެ ފައިނަލަށް ޓީމެއް ދިޔަ ފުރަތަމަ ފަހަރެވެ.

ރޭ ފްރާންސަށް ލީޑު ނަގައިދިނީ މެޗުގެ ވަރަށް ކުރީކޮޅު ރަންޑަލް ކޯލޯ މުއާނީ ޖެހި ލަނޑުންނެވެ. މިއީ، ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ ނެގި ހުރަހަކުން މުއާނީ ބޮލުން ޖެހި ގޯލެކެވެ. 

އޭގެ މާ ގިނަ އިރުތަކެއް ނުވަނީސް، ޔަމާލްވަނީ އާދަޔާ ހިލާފު މޮޅު ލަނޑަކުން ސްޕެއިނަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. އޭރިއާބޭރުން ޔަމާލް ޖެހި ޝޮޓް ގޯލަށް ވަނީ ގޯލުގެ ދަނޑީގައި ޖެހިފައެވެ. މިއީ، 16 އަހަރުގެ ޔަމާލް ޔޫރޯގައި ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ ޔޫރޯގެ ތާރީހުގައިވެސް އެންމެ ހަގު ކުޅުންތެރިޔާ ޖެހި ލަނޑެވެ.

ޔަމާލް ލަނޑު ޖެހިތާ ގިނަ އިރުތަކެއް ނުވެ ޑެނީ އޮލްމޯ ޖެހި ލަނޑުން ސްޕެއިން ކުރި ހޯދިއެވެ. މެޗު ނިމުނީ އެ ނަތީޖާގައި އޮވެއެވެ.

ފައިނަލުގައި ސްޕެއިން ކުޅޭނީ ސެމީގައި ނެދަލެންޑްސް އާއި އިންގްލެންޑް ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް