ads
"ގާލްސް ޓު ކޯޑު"ގެ ހއ. ދިއްދޫ އެޑިޝަން ފެށުން
ދިރާގު ގާލްސް ޓު ކޯޑް ޕްރޮގްރާމްގެ ދިއްދޫ އެޑިޝަން ފަށައިފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން އަންހެން ކުދިންނަށް ހާއްސަކޮށްގެން ކޯޑިންގ ދަސްކޮށް ދިނުމަށް ހިންގާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ގަރލްސް ޓު ކޯޑްގެ ރާއްޖޭގެ އުތުރުން ހއ. ދިއްދޫ އެޑިޝަން ފަށައިފި އެވެ.
Advertisement

އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ 10 އަހަރާއި 13 އަހަރުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެންނެވެ.

"ގާލްސް ޓު ކޯޑު"ގެ މައިގަނޑު އަމާޒަކީ ޓެކްނޮލޮޖީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް މި ދާއިރާއަށް ޝައުގުވެރިކުރުވުން ކަމަށް ދިރާގުން ބުންޏެވެ. އަދި މި ޕްރޮގްރާމްގައި، މީގެ ކުރިން ކޯޑިންގެ ތަޖުރިބާއެއް ނެތް ބައިވެރިންނަށް އަމަލީގޮތުން ކޯޑްކުރަން ދަސްކޮށް، ޕްރޮގްރާމް ނިމޭއިރު އާދައިގެ ވެބްސައިޓްތައް އުފައްދަން ވެސް ދަސްވެގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގުގެ މެނޭޖާ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ، ބިޝާރާ ހަމީދު ވިދާޅުވީ ދިއްދޫއަށް ހާއްސަކޮށްގެން ކުރިއަށްދާ މި އެޑިޝަންގެ އަމާޒަކީ އަންހެން ކުދިންނަށް ކޯޑިންގ ހުނަރު ދަސްކޮށްދީ، އަމިއްލަ ނަފްސަށް ކުރާ އިތުބާރު އިތުރުކުރުމަށް ހިތްވަރުދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ އައު ޖީލެއްގެ އަންހެން ލީޑަރުންތަކެއް އުފެދި، ޓެކްނިލޮޖީގެ ސިނާއަތުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުން ފެނިގެންދިއުން،" ބިޝާރު ވިދާޅުވި އެވެ.

ވިމެން އިން ޓެކް މޯލްޑިވްސްގެ ރައީސާ މަރިޔަމް އަސްނާ ސައީދު ވިދާޅުވީ ޕްރޮގްރާމުގެ ޒަރިއްޔާއިން 21 ވަނަ ގަރުނަށް ބޭނުންވާ މުހިންމު ޑިޖިޓަލް ހުނަރުތައް ދަސްކޮށް، އުފެއްދުންތެރިކަން އިތުރުކޮށް އީޖާދުކުރުމަށް ބާރުވެރިކުރުވާނެ ކަމަށެވެ.

ގާލްސް ޓު ކޯޑަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރަހައްދީ ގޮތުން އަމާޒުކޮށްގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ތައާރަފްކުރި ސިލްސިލާ ޕްރޮގްރާމެކެވެ.

ގާލްސް ޓު ކޯޑް ދިއްދޫ އަކީ މި ސީރީޒްގެ ފަސްވަނަ ޕްރޮގްރާމެވެ. މީގެ ކުރިން މި ޕްރޮގްރާމް ވަނީ ފުވައްމުލަކާއި ތިނަދު އާއި ކުޅުދުއްފުއްޓާއި ލ. އަތޮޅުގައި ވެސް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް