ads
ޔަމާލް
ޔަމާލް ބުނީ ދެން ތި ތަޅާ އަނގައެއް ތަޅާށޯ
ގަދަ ފަސް ފްރާންސް ކަޓުވާލާއި ޔޫރޯގެ ފައިނަލުން ފުރުސަތު ހޯދުމަށް ފަހު ސްޕެއިންގެ ޒުވާން ފޯވާޑް ލަމީން ޔަމާލް ވަރުގަދަ ބަހުގެ ހަމަލާތަކެއް ފްރާންސް ޓީމަށް ރައްދުކޮށްފިއެވެ.
Advertisement

ޔޫރޯގެ ސެމީ ފައިނަލްގައި ރޭ ފްރާންސުން ލަނޑެއް ޖަހާފައިވަނިކޮށް ސްޕެއިންއިން މެޗު އަނބުރާލުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ، އުމުރުން އެންމެ 16 އަހަރުގެ ޔަމާލްއެވެ. އޭނާގެ އާދަޔާ ހިލާފު މޮޅު ލަނޑަކުން ސްޕެއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއިރު، އިރުކޮޅެއް ފަހުން ސްޕެއިނުން ރޭ ޖެހި ލަނޑާއެކު މެޗުން ސްޕެއިން މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ.

ޔަމާލްގެ ބަހުގެ ހަމަލާތަކެއް ފްރާންސްއަށް ރައްދުވީ ފްރާންސްގެ ކުޅުންތެރިއަކު ޕްރީ މެޗު ޕްރެސް ކޮންފަރެންސްގައި ޔަމާލްއަށް ރައްދުވާ ގޮތަށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ޕްރީ މެޗު ޕްރެސްގައި ފްރާންސްގެ ކުޅުންތެރިއަކު ބުނެފައިވަނީ ސްޕެއިންއާއެކު ފައިނަލަށްދާ ޔަމާލް ބޭނުންވާ ނަމަ އަދި ލައްކަ ކަންތައް ކުރަން ޖެހޭ ކަމަށެވެ.

ފްރާންސްގެ މި ވާހަކަތަކަށް ޔަމާލް ރައްދުދިނީ ފްރާންސް ސެމީން ކަޓުވާލުމަށް ފަހުއެވެ. ސެމީން ފްރާންސް ކަޓުވާލުމަށް ފަހު ޔަމާލް ބުނީ ދެން ކިޔާނެ އެއްޗެއް ކިޔަންވީ ކަމަށެވެ.

ރޭ ފްރާންސް ކޮޅަށް ޖެހި ލަނޑާއެކު ޔަމާލްވަނީ ޔޫރޯގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް