ads
އާދިއްތަ ދުވަހަކީ ޖީއެސްޓީގެ މުހިންމު ސުންގަޑިއެއް ކަމަށް މީރާއިން ވަނީ ބުނެފައި - ފޮޓޯ:މީރާ
މިދިޔަ މަހު އާމްދަނީ 2 ބިލިއަނަށް، 76 މިލިއަން ޑޮލަރު ލިބުނު
މިދިޔަ ޖޫންމަހުގެ ދައުލަތަށްް އާމްދަނީގެ ގޮތުގައި 2.05 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރީޓީ (މީރާ) އިން ބުނެފިއެވެ.

މިރާއިން ބުނީ މީ މިދިޔަ އަހަރުގެ ޖޫންމަހުގެ ލިބުނު އާމްދަނީއާ އަޅާކިޔާއިރު 26.8 އިންސައްތަ އިތުރު އަދަދެއްކަމަށެވެ. މީރާއިން ބުނީ މިދިޔަ ޖޫންމަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ޑޮލަރުން 76.57 މިލިއަން ޑޮލަރު ލިބިފައިވާކަމަށެވެ.

ނިމުނު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީންނެވެ. ޖީޢެސްތޫގެ ގޮތުގައި 748 މިލިއަން ރުފިޔާ މިދިޔަމަހު ދައުލަތަށްް ވަނީ ލިބިފައެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިންކަމް ޓެކުހުންނެވެ. އިންކަމް ޓްކްސްގެ ގޮތުގައި 629 މިލިއަން މިދިޔަ މަހު ލިބިފައިވެެއެވެ. 

އެއާޕޯޓް ޑިވޮލޮޕްމެންޓް ފީގެ ގޮތުގައި މިދިޔަ މަހު ވަނީ ދައުލަތަށްް 81.6 މިލިއަން ރުފިޔާ ލިބިފައެވެ. އަދި އެއާޕޯޓުނން ފުރާ މީހުން އަތުން ނާގާ ޑިޕާޗާ ޓެކްސްގެ ގޮތުގައި 81.6 މިލިއަން ވަނީ ލިބިފައެވެ. 

ގްރީންޓެކްސްގެ ގޮތުގައި ލިބުނީ 64. 3 މިލިއަން ރުފިޔާއެވެ. ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގެ ގޮތުގައި މިދިޔަ މަހު ދައުލަތަށޤް 2.7 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 524 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް