ދުނިޔޭގެ އާބާދީ ދުވަހާއި ގުޅުވާ އެ އިދާރާއިން އާއްމުކުރި މައުލަުމާތު ދައްކާ ގޮތުން ރާއްޖޭގެ އާބާދީއަކީ 515،132 އެވެ.
މިއަދަދުން ދިވެހިންގެ އަދަދަކީ 382،639 އެކެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދަކީ 132،493 އެވެ.
އޭގެތެރެއިން 41 އިންސައްތަ އުޅެނީ މާލެ ސަރައްދުގައެވެ. އެއީ 211،908 މީހުންނެވެ.
އަބާދީ ބެހިފައިވާ ގޮތް
ސްޓެޓިކްސް ބިއުރޯއިން ބުނީ ރާއްޖޭގެ އާބާދީ ދަނީ ދުވަސްވީ މީހުންގެ އާބާދީއަކަށް ބަދަލުވަމުންކަމަށެވެ.
2022 ގައި ހެދި ބޯހިމެނުމުގެ ނަތީޖާ އިން ދައްކަނީ ދަރިމައިވުމުގެ ރޭޓަކީ 1.7 ކަމަށެވެ. ރާއްޖޭގައި މިހާރު ހޯދަނީ ދެ ކުދިންނަށް ވުރެ މަދުންނެވެ.