ads
އެމްއެމްޕީއާރުސީގެ ޗެއާމަނަކަށް އައްޔަންކުރި ގިޔާސް
އެމްއެމްޕީއާރުސީގެ ޗެއާމަނަަކަށް ގިޔާސް
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) ގެ ޗެއާމަނަކަށް އަބްދުﷲ ގިޔާސް އައްޔަންކޮށްފިއެވެ.

ޓްއަރިޒަމް އިންޑަސްޓްރީގައި ހިދުމަތް ކުރާތާ ވަރަށްް ގިނަ ދުވަސްވީ ގިޔާސްއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސްއެވެ. 

އެމްއެމްޕީއާރުސީގެ ޗެއާމަންގެ މަގާމުގައި ކުރުން ހުރި އައިޝާ ނޫރް އައިން ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ. އޭނާ މަގާމުން އިސްތިއުފާދެއްވީ އެ ކުންފުނީގެ ގިނަ މައްސަލަތަަކެއް އުޅޭކަން ފާހަގަކޮށް އެކަން ރަނގަޅުކުރަން މޭނޭޖްމަންޓުން މަސައްކަތް ނުކުރާކަމަށް ވިދާޅުވެއެވެ. 

ނޫރައިންގެ މި ތުހުމަތުތަކަށްފަހު އެމްއެމްޕީއާރުސީގެ މޭނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ފާތިމަތު ތައުފީގު އެ މަގާމުން ވަކިކުރިއެވެ. އެ ކުންފުނީގެ އެމްޑީގެ މަގާމަށް ދާދިފަހުންވަނީ އިބްރާހިމް ޝިއުރީ އައްޔަންކޮށްފައެވެ. 

އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ބައްސާމް އާދަމާއި ޗީފް ކޯޕަރޭޓް އޮފިސަރު އިބްރާހިމް އާސިމް ވަނީ ދާދި ފަހުން މަގާމުން ވަކިކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް