ads
ޔޫއެސް ޓްރޭޑް ރެޕްރެސެންޓެޓޭޓިވްއާއެކު މިނިސްޓަރު ސައީދު މަޝްވަރާކުރަނީ
ދިވެހި ފަންނުވެރިން ކުރިއަރުވަން އެމެރިކާގައި މަޝްވަރާކޮށްފި
ރާއްޖޭގެ ކޮންޓެންޓް ކްރީއޭޓަރުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވް އޮފީހާއެކު މަޝްވަރާކޮށްފި އެވެ.
Advertisement

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސަޢީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވޮޝިންޓަނުގައި ބޭއްވި ރާއްޖެއާއި އެމެރިކާގެ ޓްރޭޑް އެންޑް އިންވެސްޓެމެންޓް ފްރޭމްވޯކް އެގްރިމެންޓާއި ގުޅޭ ބައްދަލުވުމުގަ އެވެ.

އިކޮނޮމިކް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޔޫއެސް ޓްރޭޑް ރިޕަބްލިކްއާއެކު އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދް މަޝްވަރާކުރީ މިހާރު އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި ކުރިރިއަށްގެންދާ ޔޫއެސް-މޯލްޑިވްސް ޓްރޭޑް އެންޑް އިންވެސްޓްމެންޓް  ފްރޭމްވޯކް އެގްރީމަންޓްގެ ބައްދަލުވުމެއްގައި އެވެ.

އެގޮތުން މިއަދު ކުރިއަށް ދިޔައީ އެ އެގްރީމަންޓްގެ 3 ވަނަ ބައްދަލުވުމެވެ. އެ ބައްދަލުވުމުގައި މިނިސްޓަރު ސައީދު ވަނީ ލޯކަލް ޑިޖިޓަލް ކޮންޓެންޓް ކްރިއޭޓަރުންނާއި ފަންނުވެރިންނަށް ގްލޯބަލް ޕްލެޓްފޯމްތައް ބޭނުން ކުރުމަށް އެހީތެރިވެދިނުމަށް މަޝްވަރާކޮށްފަ އެވެ. 

އަދި މަސްވެރިކަމުގެ އުފެއްދުންތަކަށް ޑިއުޓީ ފްރީ މާކެޓް އެކްސެސް އަށް ފުރުސަތުތައްވެސް އެ ބައްދަލުވުމުގައި މަޝްވަރާއަށްފަހު މިނިސްޓަރު ހޯއްދަވާދެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރު އެމެރިކާގެ ވިޔަފާރިވެރިންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގައި އިންވެސްޓުކުރުމަށް ހުރި ފުރުސަަތުތަކާ ގުޅޭ މައުލޫމަތު އެ ވިޔަފާރިވެރިންނާ ހިއްސާ ކުރެއްވިކަމަށް އިކޮނޮމިކް މިނިސްޓްރީން އިއްޔެ ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް