ads
އެސްޓީއޯ އިން ދަރުމަވަންތް ހޮސްޕިޓަލުގައި ހުޅުވި ފާމަސީ
އެސްޓީއޯއިން ދަރުމަވަންތަ ހޮސްޕިޓަލްގައި އާ ފާމަސީއެއް ހުޅުވައިފި
އެސްޓީއޯ މެޑިކަލް ސާވިސަސް އިން ދަރުމަވަންތަ ހޮސްޕިޓަލުގައި އާ ފާމަސީ އެއް ހުޅުވައިފި އެވެ.
Advertisement

ރޭ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތުގައި މި ފާމަސީ ރަސްމީކޮށް ހުޅުވައި ދެއްވީ އެސްޓީއޯގެ ޗެއާމަން އާމިރް މަންސޫރްކަމަށް އެސްޓިއޯއިން ބުނެ އެވެ. އަދި މި ރަސްމީއްޔާތުގައި އެސްޓީއޯގެ އިސްވެރިންގެ އިތުރުން އައިޖީއެމް އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެފައިވާކަމަށް އެސްޓީއޯއިން ފާހަގަކުރެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ރޭ ހުޅުވިގެން ދިޔަ އެސްޓީއޯގެ އާ ފާމަސީއަކީ އެހެން ފާމަސީތަކާއި ތަފާތު ކޮށް މޮޑާން ކޮންސެޕްޓަކަށް ތައްޔާރު ކުރެވިފައިވާ ފާމަސީއެކެވެ. އެގޮތުން ހިދުމަތް ހޯއްދަވާ ފަރާތްތަކަށް ބޭހާއި ހޮސްޕިޓަލު އަދި ގޭގައި ބޭނުންކުރެވޭނެ މެޑިކަލް އިކިއުޕްމެންޓްސްގެ އިތުރުން ޕާސަނަލް ކެއާ ރޭންޖް ގެ ވަރަށް ގިނަ ތަކެތި ލިބިގެންދާނެކަމަށް އެސްޓީއޯއިން މައުލޫމާތުދެ އެވެ.

މި ފާމަސީއާއިއެކު ދަރުމަވަންތަ އަދި އައިޖީއެމްއެޗް ހޮސްޕިޓަލަށް ހިދުމަތް ހޯއްދަވަން ވަޑައިގަންނަވާ ފަރާތްތަކަށް ގިނަގުނަ ފަސޭހަތަކެއް ލިބިގެންދާއިރު އެއީ ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންޕޭޝަންޓުންނަށް ވަރަށް ބޭނުންތެރި ގިނަ ތަކެތި ލިބޭނެ އިންތިޒާމު ހަމަޖެހިފައިހުންނާނެތީކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ފާމަސީ ހުންނާނީ ދަރުމަވަންތަ ހޮސްޕިޓަލުގެ މެއިން އެންޓްރެންސް އިން ވަންނައިރު ކަނާތް ފަރާތަށެވެ. މީގެ އިތުރުން ފާމަސީ ހުޅުވާފައި ހުންނާނީ ހެނދުނު 8:00 އިން ފެށިގެން ގޮސް މެންދަމު 00:00 ށެވެ. އަދި ހުކުރު ދުވަސްދުވަހު ފާމަސީ ހުޅުވާނީ މެންދުރު 2:00 އިން ރޭގަނޑު 10:00 ކަމަށް އެސްޓީއޯއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް