ފުލުހުން ބުނީ، މިއަދު ހެނދުނު 11:00 ހާއިރު ހުޅުމާލެ މޫދަށް ޑައިވިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވީ ތައިލެންޑު އަންހެނެއް ކަމަށެވެ.
އުމުރުން 55 އަހަރުގެ އެމީހާގެ ގެނބިގެން މަރުވި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައި މީހެއް ކަމެއް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރަމުން އައި މީހެއް ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;