ads
ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި ތަކެއް ފުލުހުން ދައްކާލަނީ
ޑްރަގު މައްސަލަތަކުގެ އާ ޓްރެންޑް: ކަމާ ނުބެހޭމީހުން ވެއްދުން
މަސްތުވާތަކެތީގެ މައްސަލަތަކުގައި އާ ޓްރެންޑެއް އުފެދެން ފަށައިފި ކަމަށާއި އެކަމަކީ ކުށާ ގުޅުން ނެތް، އަދި ހެކިތަކުންވެސް ގުޅުވާ ނުލެވޭ މީހެއް ތަހުގީގަށް ފާޅުކޮށްދިނުން ކަމަށް ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓެއްގައި ބަޔާންކޮށްފި އެވެ.
Advertisement

ކްރިމިނަލް ކޯޓުގެ ބަންދު އަމުރު ރިޕޯޓެއްގައި މަސްތުވާތަކެތީގެ މައްސަލަތަކުގައި އާ ޓްރެންޑެއް އުފެދެން ފަށައިފި ކަމަށް ބަޔާންކޮށްފައިވަނީ މަސްތުވާތަކެތީގެ ހަތަރު މައްސަލައެއްގައި ހައްޔަރު ކޮށްފައިވާ މީހެއްގެ ބަންދު އަމުރު ރިޕޯޓުގައެއެވެ. އެއީ، ޔޫސުފް ރިޒާ ނަމަކަށް ކިޔާ އުމުރުން 27 އަހަރުގެ މީހެކެވެ. އޭނާވަނީ ބުރާސްފަތި ދުވަހު، "ވާނުވާ" ބަންދަށް ލާފައެވެ.

މަސްތުވާތަކެތީގެ މައްސަލަތަކުގައި އާ ޓްރެންޑެއް އުފެދެން ފަށައިފި ކަމަށް ބަޔާންކޮށްފައިވާ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ގޭގައި މަސްތުވާތަކެތި ހުރީ ފިހާރައެއްގެ ރެކެއްގައި ޑިސްޕްލޭކޮށްލާފައި ހުންނަހެން އެކި ބާވަތްތައް ވަކިން އަތުރާފައެވެ. އެ ގެ ބަލައި ފާސްކޮށް ފުލުހުން ހައްޔަރު ކުރި ޔޫސުފް ރިޒާއަކީ ކުރިންވެސް ކުށުގެ ރެކޯޑްތައް އޮންނަ މީހެކެވެ.

މި މައްސަލައިގައި ޔޫސުފް ރިޒާގެ މައްޗަށް ދައުލަތުން ހަތަރު ދައުވާ ދައުލަތުން ކުރެއެވެ. އެއީ، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާއަކީ ކެނެބިސް ބޭނުން ކުރުމުގެ ދައުވާއަކާއި މަސްތުވާތަކެތީގެ އިތުރު ދެ ދައުވާއެކެވެ. މި މައްސަލަތަކާ ގުޅިގެން އެ މީހާވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މައްސަލައިގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި އެގެއިން މަސްތުވާތަކެތީގެ ގިނަ ބާވަތްތަކެއް ފެނިފައިވެއެވެ. އަދި ހައްޔަރުކޮށްފައިވާ މީހާ، ހެކި އުފެއްދުމަށާއި ހެކި ލިބުނަ ނުދިނުމަށް މަސައްކަތްކޮށްފައިވެއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި އާ ޓްރެންޑެއް ކަމަށްވާ ކުށާ ގުޅުން ނެތް، އަދި ހެކިތަކުންވެސް ގުޅުވާ ނުލެވޭ މީހެއް ތަހުގީގަށް ފާޅުކޮށްދިނުމަށް ޔޫސުފް ރިޒާ މަސައްކަތް ކޮށްފައިވާ ކަމަށް ބަންދު އަމުރު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް