ads
ވެމްކޯގެ ބައެއް ކުޅުންތެރިން
އެސޯސިއޭޝަން ކަޕް އަންހެން ބައިން ވެމްކޯ ފައިނަލަށް
ވޮލީ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ވެމްކޯއިން ހޯދައިފިއެވެ.

ވޮލީ އެސޯއިސޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލްގެ ފުރަތަމަ ޖާގަ ވެމްކޯއިން ހޯދީ، މިއަދު ހަވިރު ސެމީ ފައިނަލުގައި ޔޫތު ނިއު ޖެނެރޭޝަން ބަލިކޮށްގެނެވެ. ޔޫތު ނިއު ޖެނެރޭޝަންގެ މައްޗަށް ސެމީ ފައިނަލްގައި ވެމްކޯއިން ކުރި ހޯދީ ތިން ސެޓު އެއް ސެޓުންނެވެ.

ވެމްކޯއިންމިއަދުގެ މެޗު ކާމިޔާބު ކުރީ، ޔޫތު ނިއު ޖެނެރޭޝަނުން ސެޓެއް ހޯދާފައިވަނިކޮށް ފަހަތުން އަރައި ތިން ސެޓު ހޯދައިގެންނެވެ. އެއީ 23-25, 25-23, 25-17 އަދި 25-17 އިންނެވެ.

ވެމްކޯއާ އެކު ފައިނަލުގައި ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެ ވަނަ ސެމީގެ މެޗަށް ފަހުގަ އެވެ. ދެ ވަނަ ސެމީގައި މިރޭ ޕޮލިސް ކުލަބުން ނުކުންނާނީ އެސޯސިއޭޝަން ފޯ ދަރަނބޫދޫ ޑިވެލޮޕްމަންޓްއާ ދެކޮޅަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް