އޮޑި ސްޕޯޓްސް ކްލަބުން މިއަދު ބުނީ އިއްބެ އެ ޓީމަށް ދޫކުރަން މާޒިޔާއާ އެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. މިދިޔަ ސީޒަނުގައި ވެސް އިއްބެވަނީ ލޯނަކަށް ދަށުން އޮޑި އަށް ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން، އެ ޓީމުން ހޯދީ އިއްބެގެ ކެޕްޓަންކަމުގަ އެވެ.
ނިއުއަށް ކުޅުނު އިއްބެގެ ކުޅުން ފާހަގަވާން ފެށީ ޓީސީންނެވެ. އޭނާ ވަނީ 2018 ވަނަ އަހަރު، ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބު ކުރި ޓީމުގައި ހިމެނިފައެވެ. ފަހުން، މާޒިޔާ އަށް ކުޅެމުން އައިއިރު، މިދިޔަ ސީޒަނުގައި ލޯން އެއްބަސްވުމެއްގެ ދަށުން ފުރަތަމަ ކްލަބް ވެލެންސިއާއާ ވެސް ގުޅުނެވެ. އެކަމަކު، އެ ޓީމު ޓްރާންސްފާ ބޭން އެއްގައި އޮތުމުން، އިއްބެ އަށް އެއްވެސް މެޗެއް ނުކުޅެވުނެވެ. ފަހުން، އޭނާ ބަދަލުވީ އޮޑި ސްޕޯޓްސް ކްލަބް އަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;