ads
ނުގަވައިދުން އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން: -- ފޮޓޯ: އިމިގްރޭޝަން
މިސަރުކާރު ހަވާލުވިފަހުން 2000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްލައިފި
މިސަރުކާރު ހަވާލުވިފަހުން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅެމުން ދިޔަ 2013 ބިދޭސީއަކު ރާއްޖެ ނާދެވޭނެހެން ޑީޕޯޓްކޮށްލާފައިވާކަމަށް އިމިގްރޭޝަނުން ހާމަކުރައްވައިފި އެވެ.
Advertisement

ހޯމް މިނިސްޓްރީއާއި ފުލުހުން އަދި މިގްރޭޝަން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވިދާޅުވީ އެއީ މިދިޔަ އަހަރުގެ ނޮވެންބަރު 17އިން ފެށިގެން މިމަހުގެ 11 އާ ހަމައަށް ބިދޭސީން ޑީޕޯޓު ކޮށްފައިވާ އަދަދު ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެންވަނީ ބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. މީގެ ދަށުން މޯލްޑިވްސް އިމިގްރޭޝަނާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން އަންނަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދާ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ޖުމްލަ 120 މީހުން އިމިގްރޭޝަންގެ ދަށަށް ގެނެވި، އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް ޝަމްއާން ވިދާޅުވި އެވެ.

"އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، ރާއްޖެއިން ފުރުވާލުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ. އެ ބިދޭސީން ފުރުވާލެވޭނީ ރާއްޖެއަށް އަނބުރާ ނާދެވޭ ގޮތަށް،" ކޮންޓްރޯލަރު ވިދާޅުވި އެވެ. މީގެތެރޭ ހިމެނޭ މިދެންނެވި ފަދައިން ވަރަށް ސީރިޔަސް މައްސަލަތަކުގައި ރާއްޖޭގެ އެކިއެކި ދިމާލުގައި އިންވޯލްވަމުންދާ ފަރާތްތައްވެސް."

މާލެ ސަރަހައްދުގައި ހުރި މާރުކޭޓުތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަނަށް ފުލުހުން ޖަހަމުންދާ ރެއިޑްތަކުގައި 120 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް ރާއްޖެއިން ބޭރަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޝަމްއާން ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަށް ހުއްޓުމެއް ނާންނަ ކަމަށާއި އެ އޮޕަރޭޝަން ކުރިއަށްދާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުށްކުށަށް އަރައިގަންނަ ބިދޭސީން ވަގުތުން ޑީޕޯޓްކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މީގެކުރިން ވިދާޅުވެފަ އެވެ. މީގެ އިތުރުން ސަރުކާރުން މިހާރުވަނީ ރާއްޖެ އެތެރެވާ ބިދޭސީން މެޑިކަލް ހެދުމުގެ ނިޒާމްވެސް ހަރުދަނާ ކޮށްފަ އެވެ.

ބިދޭސީންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ މައުލޫމާތު ހިމެނޭގޮތަށް ޑޭޓާބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ހޯމް މިނިސްޓަރީން ދަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް