ads
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ
ލޭބާ ކުއާޓާތައް ހެދުމަށް މެލޭޝިޔާގެ ކުންފުންޏަކުން ހުށަހެޅުމެއް
ރާއްޖޭގައި އުޅޭ ބިދޭސީން ދިރިއުޅޭނެ ލޭބާ ކުއާޓާތަކެއް ގިނަ ހިދުމަތްތައް ލިބޭނެހެން ގާއިމުކުރުމަށް މެލޭޝިޔާ ކުންފުންޏަކުން ހުށަހަޅައިފި އެވެ.
Advertisement

ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި ޕްރޮޕޯސަލަށް އެއްބަސްވުމަށް އިކޮނޮމިކް ކައުންސިލުން މަޝްވަރާތައް ކުރިކަމަށެވެ. އަދި މިހާރުވެސް އެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ފާހަގަކުރެއްވި ގޮތުގައި އެ ޕްރޮޕޯސަލަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން މިހާރު އުޅެމުންދާ ތަންތަނަށް ވުރެ ރަނގަޅު ފެންވަރުގެ އެކޮމަޑޭޝަންތަކެއް އެޅުމަށް ހުށަހަޅާފައިވާ، ވަރަށް ރަނގަޅު ޕްރޮޕޯސަލެކެވެ.

"އަޅުގަނޑުމެން މެލޭޝިޔާ ކުންފުނީގެ މި ޕްރޮޕޯސަލް 13 މެއިގައި އިންވެސްޓް މޯލްޑިވްސްއަށް ފޮނުވީ. އަޅުގަނޑުމެން ބުނިން މި ޕްރޮޖެކްޓަށް އަޅުގަނޑުމެން އެއްބަސްވާކަމަށް. އަދި 10 ޖުލައި އިކޮނޮމިކް ކައުންސިލްގައި މި ޕްރޮޕޯސަލްއާ ގުޅޭގޮތުން މަޝްވަރާކުރީ. މިހާރު ވާނީ ކުންފުނިން ބޭނުންވާ ފައިނަލް ޓަރމްސް އަޅުގަނޑުމެންނަށް ފޮނުވުމަށް. އަދި އެމީހުން ފޮނުވާ ފައިނަލް ޓަރމްސްއާމެދެ އިކޮނޮމިކް ކައުންސިލްގައި މަޝްވަރާކޮށްފައި ފައިނަލް އެއްބަސްވުމަކާ ހަމައަށް ދާނީ." އިހުސާން ވިދާޅުވި އެވެ.


މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މި އެކޮމޮޑޭޝަން ފެސިލިޓީ ޤާއިމްކުރަން އެ ކުންފުނިން ބޭނުންވަނީ މާލެ ސަރަހައްދުގައި ކަމަށެވެ. އެގޮތުން މާލޭގައި 40،000 ބިދޭސީންނަށްވާވަރަށް އެކޮމޮޑޭޝަން އަދި ހުޅުމާލޭ ފޭސް 1 އަދި 2ގެ އިތުރުން ތިލަފުށީގައި 20،000 ބިދޭސީންނަށްވާވަރަށް އެކޮމޮޑޭޝަން ޤާއިމްކުރަން ކުންފުނިން ހުށައަޅާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ބްލޮކްތައް އަޅަން ބިން ދޫކުރާ ތާރީހުން ފެށިގެން 30 އަހަރު ދުވަހަށް އެ ކުންފުންޏަށް ބިން ލިބޭނެ އެވެ. އަދި އެ މުއްދަތު ނިމުމާ އެކު، އޮޓަމެޓިކުން އިތުރު 30 އަހަރު އެތަންތަން ހިންގޭނެ އެވެ. ނަމަވެސް، މިއީ އަދި ސަރުކާރުން ވަކި ގޮތެއް ނިންމާފައިވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ ކުންފުންޏަށް ދޭނެ ބިންތަކާއި އެ ތަންތަނުގެ ކުއްޔެއް ވެސް އަދި ކަނޑައެއް ނާޅަ އެވެ. 

މިނިސްޓަރު ވިދާޅުވިގޮތުގައި، މިހާރު ބިދޭސީން ގެންގުޅޭ ތަންތަން ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފައްތަން ކުރިއަށް އޮތް ދުވަސްތަކުގައި އަންގާނެ އެވެ އެ މިންގަނޑުތަކަށް ނުފެތޭ ނަމަ ގާނޫނުން ލާޒިމް ކުރާނީ އަލްޓައިޒް ކުންފުނިން އަޅާ އެކޮމޮޑޭޝަން ފެސިލިޓީތަކުގައި އެ ބިދޭސީން ރަޖިސްޓަރީކުރުމަށެވެ. މިކަން ލާޒިމުވާނީ ގިނަ އަދަދެއްގެ ބިދޭސީން ގެންގުޅޭ މީހުންނަށާއި ކުންފުނިތަކަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް