ads
ރައީސް ޔާމީން
ޔާމީންގެ އެއް މިލިއަން ޑޮލަރުގެ މައްސަލަ މިއަދު ކޯޓުގައި
ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އޭސީސީ އެކު ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ބޭންކުން ޔާމީނާ ދެކޮޅަށް ހައިކޯޓަށް ހުށަހެޅި މައްސަލަ ފަށަން ތާވަލުކޮށްފިއެވެ.
Advertisement

ރައީސް ޔާމީނާ، އޭސީސީއަށް ރައްދުވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސްއިން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ސިވިލް ކޯޓުގައި އެ ފައިސާއާ ގުޅިގެން ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލައެވެ. 

އެ މައްސަލައިގައި ސިވިލް ކޯޓުން ނިންމާފައިވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. ސިވިލް ކޯޓުގެ ފަނޑިޔާރު އަޒްފާ އަބްދުލްގަފޫރު ނިންމެވި އެ ނިންމުން ހިފައިން ބޭންކުން އައީ ހައިކޯޓަށެވެ.

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު އެއް ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ފައިސާ ދޮވުނު އެސްއޯއެފް ކުންފުނީގެ ދެ ޗެކަކުން މޯލްޑިވްސް އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް މިލިއަން ޑޮލަރު ޖަމާކުރުމުން އެ ފައިސާ އޭސީސީއާ ހަވާލުކުރަން ދެކޮޅު ހެއްދެވުމަށް ފަހު، ފަހުން އެސްކްރޯ އެކައުންޓަށް ޖަމާކުރަން އެމަނިކުފާނު އެއްބަސްވެވަޑައިގަތެވެ.

ޔާމީންގެ އެމްއައިބީގައި ހުޅުވާފައިވާ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރީ ނޮވެމްބަރު، 2015 ގަ އެވެ. އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށްގޮސް ރިޔާސީ އިންތިހާބުގެ ކުރިން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ހަވާލުކުރަން އެދުމުން، އެކަމަށް އެއްބަސްވެ އެސްކްރޯ އެކައުންޓަށް ފައިސާ ލާން ސޮއިކުރީ މާޗް 25، 2018 ގަ އެވެ. ފަހުން ހާމަވި ގޮތުގައި، ޔާމީން ބީއެމްއެލްގެ އެސްކްރޯ އެކައުންޓަށް ޖަމާކުރީ އެމްއައިބީގެ އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރެއް ނޫނެވެ.

ވެރިކަމުގައި ހުންނެވިއިރު، ރައީސް ޔާމީންގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ފައިސާތަކެއް ވަނުމުން، އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނާ ޔާމީން ހިއްސާވާ ގޮތަށް ދިވެހި ބޭންކްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލައިގައި ބޭންކުން އެދިގެން ރައީސް ޔާމީނާ ދެކޮޅަށް ހައިކޯޓުން މީގެ ކުރިންވަނީ އަމުރެއްވެސް ނެރެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް