ads
އާޒިމް: ދީފައި އޮތް އެއްޗެއް އަތުލުމަކީ ރަނގަޅު ކަމެއް ނޫން - ފޮޓޯ: މާލޭސިޓީ ކައުންސިލް
ދީފައި އޮތް އެއްޗެއް އަތުލުމަކީ ރަނގަޅު ކަމެއް ނޫން: އާޒިމް
ދީފައި އޮތް އެއްޗެއް އަތުލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ގޯތި ތަކާއި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުމަށް ސަރުކާރުން އަވަސް ކުރަން ޖެހޭ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެވެ.
Advertisement

އާޒިމް މިހެން ވިދާޅުވީ، ކުރީގެ ސަރުކާރުން ދޫކުރި 4000 ފްލެޓު އަދިވެސް ސަރުކާރުން ދޫނުކުރާތީ އެކި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރުމުން މާލެސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ، މާލެ ރައްޔިތުންނަކީ ވަރަށް ހާލުގައި ދިރިއުޅެމުން އަންނަ ރައްޔިތުންތަކެއް ކަމަށާއި، ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށެވެ. 

"މިއީ އެންމެ ރައްޔިތެެއްގެ ކަމެއް ނޫން. އަޅުގަނޑު މި އެދެނީ ސަރުކާރުން މިކަމުގައި އަވަސް ހައްލުތައް ހޯއްދަވައިދެއްވާށޭ. ހުރިހާ އެންމެންގެ ގަޑި ހުސްނުކުރައްވާށޭ. 24 ގަޑިއިރު ހުސްކުރައްވައިގެން ވިޔަސް މާލޭގެ ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގެދޮރުވެރިކަމުގެ ހައްގުތައް ރައްކާތެރި ކުރުމަކީ އިންތިހާއަށް މުހިންމު ކަމެއް." އާޒިމް ވިދާޅުވި އެވެ.

އަންނަ ބުދަ ދުވަހު ކައުންސިލުން މިކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށްފަހު ސަރުކާރުގެ ސަމާލުކަމަށް ގެންނާނެ ކަމަށާއި ކައުންސިލުން ނިންމާ އެއްވެސް ނިންމުމެއްގައި އެއްވެސް ރައްޔިތެއްގެ ހައްގެއް ގެއްލޭ ގޮތަކަށް ކަންތައް ނުކުރުއްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރައް ވިދާޅުވީ، އެމްޑީޕީގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ތަންފީޒުކޮށް ހާލުގައި ދިރިއުޅެމުން އަންނަ މާލޭގެ ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވެހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ. 

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުންދާ ފްލެޓްތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަޅަން ހަވާލުކުރި ފްލެޓް ތަކެކެވެ. ކުރީގެ ސަރުކާރުން ފްލެޓް ދޭނެ މީހުންގެ ލިސްޓެއް ކަނޑައެޅި ނަމަވެސް، މި ސަރުކާރުން ދަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައި، ފްލެޓް ލިސްޓް ރިވިއު ކުރަމުންނެވެ. 

ފްލެޓް ލިބިފައި ތިބި މީހުންނަށް ލަސްނުކޮށް ފްލެޓްތައް ހަވާލު ކުރުމަށާއި ބިންތައް ހަވާލު ނުކުރެވި ތިބި މީހުންނަށް ވީހާވެސް އަވަހަށް ބިންތައް ހަވާލު ކުރުމަށް ވެސް އާޒިމް ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން އާޒިމް ވިދާޅުވީ އެމްޑީޕީގެ ބޯހިޔާވެހިކަމުގެ ސިޔާސަތު ތަންފީޒުކޮށް، ހާލުގައި ދިރިއުޅެމުން އަންނަ މާލޭގެ ރައްޔިތުންނަށް ވީހާވެސް އަވަހަށް ބޯހިޔާވެހިކަމުގެ ހައްގު ކަށަވަރުކޮށްދިނުމަށް އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް