ads
ޑޮމިނިކް ހެބާޓީ އަދި ރޮޖާ ފެޑެރާ
ފެޑެރާއާއެކު ކުޅެފައިވާ ކުޅުންތެރިއެއްގެ ޓްރެއިނިން ސިއްރު ފެންފުށީގައި
ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ޑޮމިނިކް ހެބާޓީގެ ހާއްސަ ޓެނިސް ތަމްރީން ސެޝަންތަކެއް، ސިއްރު ފެންފުށި ރިސޯޓްގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

ދުނިޔޭގެ ރޭންކިންގެ 12 ވަނައިގައި ކުރިން ހިމެނުނު ސްލޮވީކިއާގެ ހެބާޓީގެ ޓްރެއިނިންތައް އޮންނާނީ އަންނަ މަހުއެވެ. މިއީ، ލަކްސް ޕްރައިވެޓް ކޯޗިން އެކަޑަމީއާ ސިއްތު ފެންފުށި ގުޅިގެން ކުރިއަށް ގެންދާ އެކްސްކްލޫސިވް ޓްރެއިނިންގ ޕްރޮގްރާމެކެވެ.

އުމުރުން މިހާރު 46 އަހަރުގެ ހެބާޓީއަކީ އޭނާގެ ކެރިއަރުގެ ރަން ޒަމާނުގައި ކުރީގެ ޓެނިސް ތަރި އަންދްރޭ އަގާސީ، އަދި ރޮޖަރ ފެޑެރާ ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅެފައިވާ މަޝްހޫރު ކުޅުންތެރިއެކެވެ. އޭނާވަނީ އޮސްޓްރޭލިއަން އޯޕަންގެ އަދި ޔޫއެސް އޯޕަންގެ ކުއާޓާ ފައިނަލް، ފްރެންޗް އޯޕަންގެ ސެމީ ފައިނަލްގައި ކުޅެފައެވެ. މީގެ އިތުރުން ވިމްބަލްޑަންމ ޑޭވިސް ކަޕް އަދި އޮލިމްޕިކްސްގައި ހެބާޓީ ކުޅެފައިވެއެވެ.

ސިއްރު ފެންފުށި ރިސޯޓުން ބުނި ގޮތުގައި ހެބާޓީގެ އެކްސްކްލޫސިވް ޓްރެއިނިން ޕްރޮގްރާމް އޮންނާނީ އޮގަސްޓް މަހުގެ ހަވަނަ ދުވަހުން ފެށިގެން 14 އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް