ads
މިފްކޯ މަސް ފެކްޓްރީ - ފޮޓޯ: މިފްކޯ
މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ މަސްފިހާރަތަކުން ކަނޑުމަސް ހުސްވެއްޖެ
މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ މިފްކޯގެ މަސްފިހާރަތައް ހިމެނޭހެން މަސްވިއްކާ އެހެން ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ އެވެ.
Advertisement

ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައި ވާތީ އާންމުންގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަމާ ގުޅޭ ގޮތުން މިފްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވަނީ މި ދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް އަދި ކިރާ މަހުގެ އަދަދުވެސް ދަށް ދުވަސްވަރަކަށްވާތީ ކަމަށެވެ.

"މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް މިވަގުތު ނުވަތަ މި ދުވަސްވަރު މަދުވުން ނުވަތަ ހުސްވެފައި ވަނީ ރާއްޖޭގައި މަސްވެރިކަން ދަށްވެ، ކިރާ މަހުގެ އަދަދު ވެސް މި ދުވަސްވަރު ދަށްވުމުގެ ސަބަބުން،" މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މިފްކޯ އިން ބުންޏެވެ.

އަންނަ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖޭގައި މަސްވެރިކަން ރަނގަޅުވާނެ ކަމަށް މިފްކޯއިން ލަފާކުރެ އެވެ. ބައެއް ރަށްރަށުގެ މަސްދޯނިތަކުން ކަނޑުމަހަށް ނުދާތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށް ވެސް ބައެއް މަސްވެރިން ބުންޏެވެ.

ކަނޑުމަހުގެ ބާވަތްތައް ލިބުން ދަތިވެފައިވާއިރު މަސް ކުންފުނިތަކަށް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ކިރާފައިވާ މަހުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 39 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް -- (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް