ads
އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަރިހުގައި ރަނިން މޭޓު ޖޭޑީ ވެންސް.
ޓްރަމްޕްގެ ރަނިންމޭޓަކަށް ޖޭޑީ ވެންސް
އަންނަ ނޮވެމްބަރު މަހު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އެ ގައުމުގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަނިން މޭޓަކަށް އޮހައިއޯގެ ސެނެޓާ ޖޭޑީ ވެންސް ހަމަޖައްސައިފި އެވެ.
Advertisement

ޓްރަމްޕްް އޭނާގެ ރަނިންގ މޭޓު އިއުލާނު ކުރައްވާފައި ވަނީ ވިސްކޮންސިން ސްޓޭޓްގެ މިލްވާކީގައި މިއަދު ކުރިއަށްދިޔަ ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަން (އާރްއެންސީ)ގަ އެވެ.

މަޝްހޫރު ފޮތެއް ކަމުގައިވާ ހިލްބިލީ އެލެޖީ ލިޔުއްވާފައިވާ ވެންސަކީ ކުރިން ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައިވާ ބޭފުޅެކެވެ. ނަމަވެސް, ފަހަކަށް އައިސް ވޭންސް ފެނިގެން ގޮސްފައި ވަނީ ޓްރަމްޕްގެ ސިޔާސަތުތަކަށް ތާޢީދު ކުރައްވާ, ޓްރަމްޕް ދިފާއުކޮށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިންނެވެ. 

މީޑިއާތަކުން ބުނީ ޓްރަމްޕްގެ ރަނިންމޭޓް ހޮވީ ރިޕަބްލިކަން ޕާޓީގެ ތެރޭގައި ވަރަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ. އެހެންވެ މިއީ ރަނގަޅު ހޮވުން ކަމަށް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޓްރަމްޕްގެ ރަނިންގ މޭޓަކީ އުމުރުން 39 އަހަރުގެ ވެންސް ކަމުގައި ކަނޑައެޅުމުން ނޮވެންބަރު ގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު ޓްރަމްޕަށް އިތުރުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.

ވެންސް އޮހާޔޯގެ ސެނެޓާގެ މަގާމަށް އިންތިހާބުވީ މިދިޔަ އަހަރު އެވެ. އޭނާ ވަނީ ލޯ ސްކޫލަކުން ގްރެޖުއޭޓްވެ، ސެނެޓާއަކަށް އިންތިހާބުވުމުގެ ކުރިން ވެންސް އެމެރިކާގެ މިލިޓަރީގައި ހިދުމަތްކުރި އެވެ.

ޓްރަމްޕްގެ ރަނިންމޭޓް އިއުލާންކޮށް، ކެމްޕޭން އިތުރަށް ވަރުގަދަކޮށްފައި މި ވަނީ އޭނަ އަވަހާރަކޮށްލަން އާދިއްތަ ދުވަހި ބަޑިން ދިން ހަމަލާއަކުން ސަލާމަތްވެވަޑައިގެންފައި ވަނިކޮށެވެ. ކެމްޕޭން ރެލީއެއްގެ ތެރޭގައި ޓްރަމްޕަށް ދިން ހަމަލާފައި ވަޒަން އެރީ އޭނަގެ ކަނާތު ކަންފަތަށެވެ. ނަމަވެސް ސީރިއަސް އެއްވެސް ގެއްލުމެއް ނުލިބެ އެވެ.

5 ނޮވެމްބަރު ގައި އޮންނަ އެމެރިކާގެ އިންތިހާބުގައި ޓްރަމްޕް ވާދަކުރައްވާނީ އެ ގައުމުގެ މިހާރުގެ ރައީސް ޖޯ ބައިޑެން، 81 އެވެ. ބައިޑެންގެ ރަނިން މޭޓަކީ ކަމަލާ ހެރިސް، 59 އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް