ads
މޭޔަރު އާޒިމް
ގޯތި ނުލިބޭ ސަބަބު ޔަގީން ވާވަަރަށް ސަބަބު ހާމަކުރަން ޖެހޭ: އާޒިމް
ކޮންމެ ފަރުދަކަށް ގޯތި ނުވަތަ ފްލެޓް ނުލިބޭ ސަބަބު ޔަގީން ވާވަަރަށް މާލޭ ސިޓީ ކައުންސިލްގެ ރިކޮމެންޑޭޝަން ރިޕޯޓުގައި ހަމާކުރަން ޖެހޭނެކަމަށް މާލޭ ސީޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.
Advertisement

އާޒިމް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 154 ވަނަ ރަސްމީ އާންމު ޖަލްސާގަ އެވެ.

އެ ޖަލްސާގައި ކައުންސިލްގެ މެމްބަރު މުހައްމަދު ސައިފް ވަނީ ގޯތި އަދި ފްލެޓް ލިބުނު ފަރާތްތަކަށް ލަސްނުކޮށް ވީހާވެސް އަވަހަށް އެތަންތަން ހަވާލުކޮށް، މައްސަލަ ހުރި ފަރާތަކުގެ މައްސަލަވެސް ބެލުމަށް އަވަސްވެގަތުމަށް ހުށަހަޅާފަ އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ރެކޮމެންޑޭޝަން ރިޕޯޱު ގެންނައިރު އެމަނިކުފާނުގެ އެދުމަކީ ރަނގަޅަށް ތިބި މީހުންނަށް އަވަހަށް ހަވާލުކުރުން ކަމަށެވެ.

"އަސްލު އަޅުގަނޑު ދެކޭ ގޮތުގަައި ދައުލަތުގެ ލިޔުމެއް ލިބިފައިވާނަމަ، އެ ކެންސަލް ވާނަމަ، އަޅުގަނޑު ބޭނުން ރިޕޯޓްގައި އޮންނަަން، ކެންސަލްވާ މީހާ ގެނެެސްގެން އެ ކެންސަލްވާ ސަބަބު އަދި ޑޮކިއުމެންޓް ކިޔައިދޭން، ކިޔައިދީފައި ދެން އެ ކެންސަލް ކުރަން ޖެހޭނީ، އެ ބޭފުޅާ ކެންސަލް ވީއޭ ކިޔާފަ ރިޕޯތެއް ތެރޭގައި ނުހިމެނޭނެ، އަޅުގަނޑު އެދެން އެ ރިޕޮޓުގައި ލިޔަން ވަކި ފަރުދަކަށް އެ ނުލިބެނީ މި ސަބަބަަށް ވާވަރަށް ޔަގީންކުރެވޭވަރަށް ކިޔާދީ ވިސްނޭވަރަށް އެކަން ކޮށްދޭން" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވިގޮތުގައި އެކަން އެގޮތަށް ނުކޮށްފިނަމަ ސިޓީ ކައުންސިލްއަށާއި އެ މަސައްކަތަށް ހަވާލުވެފައިވާ ބަޔަކަށް ފަރުދުން އެބަޔަކަށް އޮތް އިތުބާރު ގެއްލި އެއީ ރަނގަޅުނޫން ގޮތުގައި ޑޮކިއުމެންޓް ލާގެން ފްލެޓް ލިބުން ބަޔެކޭ ކިޔުންފަދަ ތުހުމަތު އެޅުވި ފާޑުކިޔުން އާމާޒުވެގެންދާނެކަމަށެވެ. 

އޭގެ އިތުރުން އާޒިމް ވިދާޅުވީ އެކަން އެފަދައިން ކޮށްފިއްޔާ ބޭނުން ބަޔަކު އެ ލިސްޓު ތެރެއަށް ލާގެން، ބޭނުންހާ ބަޔަކަށް ފްލެޓްތައް ބަހާލަން ނުވަތަ ހުޅުވިގެން ގޮސްފާނެކަމަށެވެ.

"އަޅުގަނޑުމެން އެދެން މިގޮތަށް ރިޕޯޓް ފާސްކުރާއިރުގައި މި ބައި ހިމަނާފައި، ދައުލަތުގެ ލިޔުމެއް ލިބިފައިއޮތް މީހެއް ވެއްޖެއާމުން އޭނާއަށް އެކަން ހައްގު ނުވަނީ ކީއްވެކަން އޭނާއަށް ތަފުސީލްކޮށް ކިޔައިދީފައި ދެން އޭގަ އުނިކުރަން" އާޒިމް ވިދާޅުވި އެވެ.

އެކަން އެގޮތަށް ނުކޮށް، އޭގެ ކުރީގައި އުނިކުރުމަކީ ވަރަށް ނާއިންސާފު ކަމަކަށް ހިނގައި ދާނެކަމަށް އާޒިމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ދޫކުރި 4000 ފްލެޓު އަދިވެސް ސަރުކާރުން ދޫނުކުރާތީ އެކި ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅު ކުރުމުން މާލެސިޓީ ކައުންސިލުން ހޯމަ ދުވަހު ބޭއްވި ނޫސްވރިންގެ ބައްދަލުވުމުގައި އާޒިމް ވިދާޅުވީ ދީފައި އޮތް އެއްޗެއް އަތުލުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ގޯތި ތަކާއި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުމަށް ސަރުކާރުން އަވަސް ކުރަން ޖެހޭ ކަމަށެވެ. އަދި މާލޭ ރައްޔިތުނަކީ ވަރަށް ހާލުގައި ދިރިއުޅެމުން އަންނަ ރައްޔިތުންތަކެއް ކަމަށާއި، ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް އަވަސް ކުރަން ޖެހޭ ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަމުންދާ ފްލެޓްތަކަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަޅަން ހަވާލުކުރި ފްލެޓް ތަކެކެވެ. ކުރީގެ ސަރުކާރުން ފްލެޓް ދޭނެ މީހުންގެ ލިސްޓެއް ކަނޑައެޅި ނަމަވެސް، މި ސަރުކާރުން ދަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައި، ފްލެޓް ލިސްޓް ރިވިއު ކުރަމުންނެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް