ads
މިނިސްޓަރު އެފްއޭއެމްގެ ޖީއެސްއާއެކު
ފުޓްބޯޅައަށް ކުރެވެހެން ހުރި ހުރިހާ ކަމެއް މިދަނީ ކުރަމުން: މިނިސްޓަރު
ފުޓްބޯޅަ ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ވެސް މި ދަނީ ކުރަމުން ކަމަށް ސްޕޯޓްސް މިނިސްޓަރު ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ފުޓްބޯޅަ ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް މިހާރު ވެސް މި ދަނީ ކުރަމުން ކަމަށް މިނިސްޓަރު ރާއްޕެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގެ ތެރޭގައެވެ.

މެންބަރަކު މަޖިލީހުގައި ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ފުޓްބޯޅަ އެއީ ރާއްޖޭގެ އެއް ވަނަ ކުޅިވަރު ކަމުގައި ވެފައި އޮތް އެ މަންޒަރު ދިވެހިންނަށް ދެއްކުމަކީ އަޒުމު ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ފުޓްބޯޅައިގެ އިތުރުން ޖުމްލަ އެކު ހުރިހާ ކުޅިވަރު އެސޯސިއޭޝަންގެ މައްސަލަތައް ހައްލުކުރަން ކުރެވޭ މަސައްކަތުގައި ސަރުކާރުގެ ވިސްނުމަކީ އިސްލާހު ކުރެވޭ ކުޅިވަރު ގާނޫނުގެ ތެރެއިން، ޖުމްލަ ހައްލަކަށް ދިޔުން ކަމަށެވެ.

"ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދަށް ގެންނަން ޖެހޭ ބަދަލުތަކާއި އަދި އެ އެސޯސިއޭޝަންތައް އެފިލިއޭޓްވެފައިވާ މައި އިދާރާތަކުގެ ގަވާއިދުތަކަށް ސްޕޯޓްސް ކޮމިޝަންގެ ގަވާއިދުތަކައި ގާނޫނުތަކަށް ލާ މެހިގެން ފުށުނާރާ ގޮތަށް އެކަން ބައްޓަން ކުރުމަކީ މީގެ ޖުމްލަ ހައްލު ކަމުގައި އަޅުގަނޑު ދެކެނީ. އެކަން އަޅުގަނޑުމެން ކުރަމުން މިދަނީ، އިސްލާހު ކުރަން ހުށަހަޅާ ގާނޫނުގައި ވެސް އަޅުގަނޑުމެން ވާނީ، ކުޅިވަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރިގެންދާ ގޮތަށް އެމެންޑްމެންޓް ގެނެސްފައިވާނީ،" ރާފިއު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް