ads
ރިޒާވް ބޭންކް އޮފް ނިއުޒިލޭންޑް
ނިއުޒިލޭންޑްގެ ސެންޓްރަލް ބޭންކުން ސަރުކާރުގެ ލޯކަލް ގަވަމެންޓްގެ ދަރަނި ގަންނަން ނިންމައިފި
ކޮވިޑް-19 އާ ގުޅިގެން ނިއުޒިލޭންޑުގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެގައުމުގެ ލޯކަލް ގަވަމެންޓްގެ ދަރަނި ގަތުމަށް ނިއުޒިލޭންޑުގެ ސެންޓްރަލް ބޭންކް، ރިޒާވް ބޭންކް އޮފް ނިއުޒިލޭންޑުން ނިިންމައިފި އެވެ.

އަންގާރަ ދުވަހު ނިއުޒިލޭންޑްގެ ސެންޓްރަލް ބޭންކުން ބުނެފައި ވަނީ އެބޭންކުން އެގައުމުގެ ލޯކަލް ގަވަމެންޓްގެ ލިކުއިޑިޓީ ސްޓްރެއިން ދަށްކޮށްދިނުމުގެ ގޮތުން ލޯކަލް ގަވަމެންޓްގެ ދަރަނީގެ ތެރެއިން 1.7 ބިލިއަން އެމެރިކާ ޑޮލަރު (3 ބިލިއަން ނިއުޒިލޭންޑް ޑޮލަރު) ގެ ދަރަނި ގަންނަން ނިންމާފައިވާ ކަމަށެވެ. 

މިިނިންމުމަކީ އެގައުމުގެ އިގްތިސާދަށް ދިމާވާ ގޮންޖެހުންތައް ކުޑަކޮށް އިގްތިސާދު އަނޑިއަޅާލައިގެން ދިއުން ހުއްޓުވުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ސެންޓްރަލް ބޭންކުން ބުނެ އެވެ. 

ނިއުޒިލޭންޑް ގެ ސެންޓްރަލް ބޭންކުން ވަނީ މިގޮތަށް ދަރަނި މި ގަންނަނީ އެ ބޭންކުން ކުރިއަށް ގެންދާ "ލާޖް ސްކޭލް އެސެޓް ޕާޗޭސް ޕްރޮގްރާމް" ގެ ދަށުން ކަމަށް ވެސް ބުނެފަ އެވެ. މި ޕްރޮގްރާމްގެ ދަށުން މީގެ ކުރިން ވެސް ސެންޓްރަލް ބޭންކުން ވަނީ ދައުލަތުގެ ދަރަނި ގަނެފަ އެވެ. 

ސެންޓްރަލް ބޭންކުން ވަނީ ފާއިތުވި ހަފްތާގައި ނިއުޒިލޭންޑްގެ ލޯކަލް ގަވަމެންޓް ފަންޑިން އެޖެންސީގެ މާކެޓްގައި އިލިކުއިޑިޓީ އިތުރުވާ ކަމަށް ފާހަގަކުރެވިފައިވާކަމަށް ބުނެފަ އެވެ. 

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ގައުމުތަކުގެ ސަރުކާރުން ދަނީ އިގްތިސާދު ރައްކާތެރި ކުރުމަށް ބޮޑެތި އަދަދުތަކުގެ ސްޓިމިއުލަސް ޕެކޭޖްތައް ތައާރަފް ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް