ads
މޮޑްރިޗް
އަންނަ ސީޒަންގެ ނިޔަލަށް މޮޑްރިޗްގެ ކޮންޓްރެކްޓް އާކޮށްފި
އަންނަ ސީޒަންގެ ނިޔަލަށް، ރެއާލް މެޑްރިޑްގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލޫކާ މޮޑްރިޗް، ކޮންޓްރެކްޓް އާކޮށްފިއެވެ.
Advertisement

އުމުރުން 38 އަހަރުގެ މޮޑްރިޗްގެ ކޮންޓްރެކްޓް، އަންނަ ސީޒަންގެ ނިޔަލަށް އާ ކުރިއިރު އޭނާއަކީ މިވޭތިވެދިޔަ ދުވަސްތަކުގައި ރިއާލް މެޑްރިޑްގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާއެވެ. ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގު ރިއާލަށް ހޯދައިދިނުމުގައިވެސް އޭނާ މުހިއްމު ދައުރެއް ކުޅުނެވެ. އަންނަ ސީޒަންގެ ނިޔަލަށް މޮޑްރިޗްގެ ކޮންޓްރެކްޓް އާކުރިއިރު، ޔޫރޯގެ ކުރިންވެސް އޭނާގެ ކޮންޓްރެކްޓް އާކުރުމާމެދު އެއްބަސްވުމަކަށް ކްލަބާއެކުވަނީ އައިސްފައެވެ.

ކްރޮއޭޝިއާއަށް ނިސްބަތްވާ މޮޑްރިޗްގެ ކޮންޓްރެކްޓް އާކުރީ އޭނާ މިހާރު ކުޅެމުން އަންނަ މުސާރައަށްވުރެ ކުޑަ މުސާރައަކަށެވެ. މޮޑްރިޗް، އިތުރު އަހަރަކަށް ކޮންޓްރެކްޓް އާކުރިއިރު، އޭނާއާއެކު ރިއާލްގެ މެދުތެރެއަށް ކުޅޭ ޓޯނީ ކްރޫސްވަނީ ކުޅުން ހުއްޓާލާފައެވެ. އެކަމަކު، ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭވަނީ ރިއާލް މެޑްރިޑާ ގުޅިފައެވެ.

މޮޑްރިޗް ރިއާލްއަށް އައީ ޓޮޓެންހަމުން 2012ވަނަ އަހަރުއެވެ. މޮޑްރިޗްވަނީ ރެއާލަށް 500 އަށްވުރެ ގިނަ މެޗު ކުޅެފައެވެ. ރެއާލާ އެކު މޮޑްރިޗް ވަނީ، 25 ތަށި ހޯދާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޗެމްޕިއަންސް ލީގު ހަ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

މޮޑްރިޗް ވަނީ 2018 ވަނަ އަހަރު ބެލެންޑިއޯވބެސް ހޯދާފައެވެ. އެއީ މެސީ އަދި ރޮނާލްޑޯގެ ޖީލުގައި އެ ދެ ކުޅުންތެރިން ކަޓުވާލާއި އެ އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް