ads
އިމިގްރޭޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވާހަކަ ދައްކަވަނީ
ނުގަވައިދުން އުޅޭ ބިދޭސީން ރިޕޯޓްކުރަން އޮންލައިން ޕްލެޓްފޯމެއް
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ނަމުގައި ހާއްސަ ޕޯޓަލެއް މިއަދު ތައާރަފު ކޮށްފި އެވެ.
Advertisement

މި ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދެވެ. ޝަމްއާން ވިދާޅުވީ، މި ހިދުމަތަކީ އާންމުންނަށް އިމިގްރޭޝަނާ ގުޅިގެން މަސައްކަތް ކުރެވިދާނެ ފަދަ ޕްލެޓްފޯމެއް ކަމަށެވެ. އެގޮތުން މި ޕްލެޓްފޯމް މެދުވެރިކޮށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން މަސައްކަތް ކުރާ މީހުންގެ މައުލޫމާތު ރިޕޯޓްކުރެވޭނެ ކަމަށް ޝަމްއާން ވިދާޅުވި އެވެ.

ޝަމްއާން ވިދާޅުވީ މި ޕްލެޓްފޯމާއެކު އާންމުންނާ ގުޅިގެން ކުރެވޭނެ ވަރަށް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އާންމުންނަށް ބޭނުންވާ ބައެއްކަހަލަ މައުލޫމާތު ފަސޭހަކަމާއެކު މި ޕްލެޓްފޯމުގެ ޒަރީޔާއިން ލިބޭނެ ކަމަށެވެ.

"މި ޕްލެޓްފޯމް ބޭނުންކޮށްގެން ކޮންމެހެން ނުޖެހޭ ތިބޭފުޅުންގެ އަމިއްލަަ އައިޑެންޓިޓީ ފާހަގަކުރާކަށް، އައިޑެންޓިޓީ ފާހަގަ ނުކޮށްވެސް އެނޮނިމަސްކޮށްވެސް ތިބޭފުޅުންނަށް ރިޕޯޓް ކުރުމުގެ ފުރުސަތު އެބައޮތް" ޝަމްއާން ވިދާޅުވި އެވެ.

ސައުވީސް ގަޑިއިރު ހިދުމަތް ލިބޭ މި ޕްލެޓްފޯމަށް ފޮޓޯއާއި މިނޫން ވެސް މައުލޫމާތު ހުށަހަޅައި ރިޕޯޓް ކުރެވޭނެ އެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މައްސަލަ ރިޕޯޓްކުރުމަށް Imuga.immigration.gov.mv އަށް ގޮސް، އިމިގްރޭޝަން ވޮޗް ހިޔާރުކޮށް، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މައްސަލަތައް ރިޕޯޓް ކުރެވޭނެ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ނުވަތަ އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓު ކުރުމަށްޓަކައި "އިމިގްރޭޝަން ވޮޗް" ނަމުގައި ހާއްސަ ޕޯޓަލެއް ތައާރަފުކުރި އިރު އެފަދަ ބިދޭސީން ހޯދަން ފުލުހާއި ގުޅިގެން އިމިގްރޭޝަނުން ދަނީ ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި 2000އަށް ވުރެ ގިނަ ބިދޭސީން ޑީޕޯޓް ކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް